ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއަށް މަރުގެ އިންޒާރުދީފި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ރާއީ މިހެން ވިދާޅުވީ، ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓުގައި އޭނާ ވިދާޅުވީ، ގުންޑާއިން ފޮނުވައިގެން އިންޒާރުދީ މަރާލަން ބުންޏަށް ބިރެއް ނުގަންނަ ކަމަށާއި، ފުރާނަ ހިއްޕަވަނީ އެމްޑީންނެއް ނޫން ކަމަށެވެ.
https://twitter.com/Mraee12/status/1492897812245544962
ގުންޑާއިން ފޮނުވައިގެން އިންޒާރުދީ މަރާލަން ބުންޏަސް ބިރެއް ނުގަނޭ، ފުރާން ހިއްޕަވަނީ މާތްﷲ، އެމްޑީންނެއް ނޫން - ރާއީ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައެވެ.
ރާއީވަނީ މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ފެނަކަ އަދި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
https://twitter.com/Mraee12/status/1492400601032179714
އެގޮތުން ފެނަކަ އެމްޑީ ސައީދު ޓެގް ކޮށް އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބައެއް ދާއިރާތަކުގެ ޕްރޮޖެކްޓްތައް ދަނީ ފިނިހަކަ ސްޕީޑްގައި ކަމަށާއި، ކޮންޓްތެކްޓް ކުރެވިފައިވާ މުއްދަތު ފަހަނައަޅާ ދާއިރުވެސް ގިނަ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ބުނެފައެވެ. އަދި ގިނަ މަސައްކަތްތައް ވަނީ ހުއްޓިފައި ނޫނީ ވާނުވާގައި ކަމަށާއި ކޮންޓްރެކްޓް ކުރެވޭ ގޮތުން ދެން ހެދޭނެ ގޮތެއްވެސް ނެތްކަމަށް ވިދާޅުވެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.