މިދުވަސްވަރު ދިވެހިން ޔޫކްރެއިންއަށް ދަތުރުނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރު ޔޫކްރެއިންގެ މަސްރަހު ހޫނުވެފައިވާ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި އެޤައުމަށް ދަތުރުކުރުމަކީ ރައްކާތެރި ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ އެޤައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ސަރުކާރުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، މި މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށާއި ޔޫކްރެއިންގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ދިވެހިން ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ވެސް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.
https://twitter.com/MoFAmv/status/1493439938276503552?s=20&t=-pv2SAF8z3B7bqSRkyYDGw