މިޔަރެއް ހަމަލާދިނުމުގެ ސަބަބުން މީހަކު މަރުވެއްޖެއެވެ.
އޮސްޓްރޭލިޔާގެ ސިޑްނީގައި އިއްޔެ ހިނގާދިޔަ މިހާދިސާގައި މަރުވެފައިވަނީ މޫދުގައި ފަތަން އުޅުނު މީހެކެވެ.
ސިޑްނީގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ ބުދަދުވަހު ހަވީރު 4:30 އެހާކަންހާއިރު ލިޓްލް ބޭ ބީޗްގައި މިޔަރެއް ހަމަލާދީ މީހަކު މަރާލި ޚަބަރު ލިބުނު ކަމަށާއި ފުލުހުން ދިޔައިރު އެމީހާ އޮތީ މޫދުގައި މަރުވެފައިކަމަށެވެ.
މިހާދިސާއާއި ބެހޭ ތަހުޤީގު ކުރިޔަށް ގެންދާކަމަށް ނިއުސައުތު ވޭލްސް ގެ ކަމާބެހޭ އިދާރާ ތަކުން ވަނީ ވިދާޅުވެފައެވެ.
ސިޑްނީ އެއަރޕޯޓާއި 7 މޭލު ދުރުގައި އޮންނަ ލިޓްލް ބޭ ބީޗުގައި ހިނގާދިޔަ ހާދިސާގައި މަރުވީ ފަރާތުގެ މައުލޫމާތު ފުލުހުން ހާމަކޮށްފައިނުވެއެވެ. އެހެންނަމަވެސް މިޔަރު ހޯދުމުގެ މަސައްކަތް ނިމެންދެން އެބީޗްވަނީ 24 ގަޑިއިރަށް ބަންދުކޮށްފައެވެ.
މިއީ 1963 ވަނައަހަރުގެ ފަހުން މިގޮތަށް އޮސްޓްރޭލިޔާގައި މީހަކު މަރުވި ފުރަތަމަ ފަހަރު ކަމަށް ޚަބަރުލިބެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.