1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޔޫއީއޭއެމްގެ ފުރަތަމަ އަހަރީ ޖަލްސާ ބާއްވައިފި

Saddam
ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އޭޖެންސީސް އޮފް މޯލްޑިވްސްގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޔޫއީއޭއެމް
މުހައްމަދު އަޚްތަރު
621ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އޭޖެންސީސް އޮފް މޯލްޑިވްސްގެ ފުރަތަމަ އަހަރީ ޖަލްސާ ބާއްވައިފިއެވެ. ރޭ، ސޯލްޓް ކެފޭ ގައި ބޭއްވި މިޖަލްސާގައި ވަނީ އެސޯސިއޭޝަން އުފެދިގެން އައި ގޮތާއި އެސޯސިއޭޝަންގެ މަގްސަދާއި މިހާތަނަށް ހިންގާފައިވާ މަސައްކަތްތަކުގެ އިތުރުން ކުރިއަށް އޮތް އަހަރުގައި ކުރުމަށް ނިންމާފައިވާ މަސައްކަތްތައް އެސޯސިއޭޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންނާއި ހިއްސާކޮށްފައެވެ. ޔޫއީއޭއެމްގެ ސެކްރެޓަރީ ޖެނެރަލް އައިމިނަތު ނިރޯޒާ ވިދާޅުވީ، ރޭ ބޭއްވުނު ޖަލްސާއަކީ އެ ޖަމްޢިއްޔާ ރަޖިސްޓްރީވި ފަހުން އެއް އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ޖަމްއިއްޔާގެ ފައުންޑިންގ މެމްބަރުންނާއި، ޖަމްއިއްޔާގެ މެމްބަރުންގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން ފޮރ އެމްޕްލޯއިމަންޓް އެޖެންސީސްގެ މެމްބަރުން ބައިވެރިވެފައިވާ ކަމީ އެޖަމްއިއްޔާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

UEAM Founders

ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އޭޖެންސީސް އޮފް މޯލްޑިވްސްގެ ފައުންޑަރ މެމްބަރުން - ފޮޓޯ: ޔޫއީއޭއެމް މިޖަލްސާގައި ވާހަކަދައްކަވަމުން ޔޫއީއޭއެމްގެ ރައީސް ސައްދާމް އަލީ ވިދާޅުވީ، އެޖެންސީއިން ހޯދާފައިވާ ކުރިއެރުންތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އަލަށް އެކުލަވާލަމުން ގެންދާ، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ގަވައިދުގެ ޑްރާފްޓަށް އެޖެންސީތަކަށް ކޮމެންޓު ކުރުމަށް ފުރުސަތު ދެއްވިކަމީ އެއެސޯސިއޭޝަން އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް އަދި އުންމީދެއް ކަމަށެވެ.

300 × 250
UEAM EXCO

ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އޭޖެންސީސް އޮފް މޯލްޑިވްސްގެ ބޯޑު މެމްބަރުން - ފޮޓޯ: ޔޫއީއޭއެމް ސައްދާމް ވިދާޅުވީ، އެސޯސިއޭޝަން އުފެއްދި އިރު ފައުންޑަރުންގެ ވިސްނުމުގައި ހުރި ގޮތަށް ދިވެހިރާއްޖޭގެ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ތަކުގެ ކިލަނބުކޮށްލާފައިވާ ނަން އަބުރުވެރި ކުރުމަށްޓަކައި، މާ ކުރީ ޒަމާނުއްސުރެ ބިޑްތައް ނެގުމަށްޓަކައި އެއްލާރިއަށް ބިޑް ކުރުމުގެ ވައްޓަފާޅިއާއި އަގަކާނުލާ ހިލޭ ކުރަމުން ގެންދިޔަ މަސައްކަތްތައް ހުއްޓާލުމަށް އެޖަލްސާގައި ބައިވެރިވެލެއްވި އެންމެހާ މެމްބަރުންގެ އަރިހުން އެދޭ ކަމަށެވެ.

ތިހުރިހާ މެންބަރުންވެސް ކުރައްވަނީ ވިޔަފާރި. ވީމާ، ވާ ނަފާއަކީ އެކައުންޓްސްއިން ފެންނަން އޮންނާނެ، ދެއްކެން އޮންނާނެ އެއްޗަކަށް ހެއްދެވުމަށް. ސަބަބަކީ އަޅުގަނޑުމެން ކުރަނީ އަބުރުވެރި މަސައްކަތެއް ކަމަށް އަޅުގަނޑުމެން ގަބޫލު ނުކުރާނަމަ އެހެން މީހުންނަށް އެކަން ވިސްނައިދިނުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ. ޔޫއީއޭއެމް ގެ ރައީސް އަދި ފައުންޑިންގ މެމްބަރު ސައްދާމް އަލީ ވިދާޅުވިއެވެ.

ސައްދާމް ވިދާޅުވީ، ބޮޑެތި ކަންތައް ވާނީ ބުރަ މަސައްކަތުން ގިނަ ދުވަހުން ކަމަށާއި، ވަޒީފާއާއި ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން އެޖެންސީތައް ރެގިޔުލޭޓް ކުރާ އެންމެ އިސްފަރާތް ކަމުގައިވާ އިކޮނޮމިކް މިނިސްޓަރ އާއި ބައްދަލުކޮށް އެޖެންސީ ވިޔަފާރިތަކަށް ހުރި ގޮން ޖެހުންތަކުގެ ވާހަކަ އެކި ފަހަރު މަތިން އެކި ގޮތްގޮތުން އަދި އެކި ޕްލެޓްފޯމް މެދުވެރިކޮށް ދަންނަވާފައިވާ ކަމާށާއި، މިބައްދަލުކުރެއްވުމުގައި އެޖެންސީތަކަށް ހުރި ގޮންޖެހުންތަކުގެ ވާހަކަތައް މިނިސްޓަރ އާއި ހިއްސާކުރައްވާފައިވާނެ ކަމަށެވެ.

UEAM

ސައްްދާމް އިތުރަށް ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް ލިބުނު ފުރުސަތުގައި، އާމްދަނީ ލިބޭ ގޮތަށް އެޖެންސީ ތަކާ ބެހޭ ގާނޫނެއް ގެނެސްދިނުމުގެ މަސައްކަތްކޮށް ދެއްވުމަށް ދަންނަވާފައިވާނެ ކަމަށާއި، އެޖެންސީތަކާއި ދޭތެރޭ ވޭތުވެދިޔަ އަހަރުތަކުގައި އަމަލުކޮށްފައިވާ ގޮތް އަދި ވެފައިވާ އިހުމާލު ކުރިއަށް އޮތްތަނުގައި ބަދަލުވެދާނެ ކަމުގެ އުންމީދެއް އެބައްދަލުކުރެއްވުމުގައި ލިބުނު ކަމަށެވެ. އެގޮތުން އެންމެ އަވަހަށް ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހް ހުށަހަޅާއިރު އެޖެެންސީތަކަށް އިސްލާހެއް ގެނެސްދެއްވާނެ ކަމުގެ ފެހި ސިގްނަލް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމަށްވެސް ސައްދާމް ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި