ގދ ތިނަދޫގައި ގްރޫޕަކުން ޒުވާނަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ ހިންގާފައިވަނީ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ. އޭނާ ތިނަދޫއަށް ގޮސްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި އެޒުވާނާއަށް ބަޔަކު ހަމަލާދީ މާރާމާރީ ހިންގުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި، ލިބުނު އަނިޔާތަކަށް އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އަދި މާރާމާރީ ހިންގާފައިވަނީ ކޮން ސަބަބަކާހުރެ ކަމެއްވެސް މިހާތަނަށް އެނގިފައިނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.