ގދ ނަޑެއްލާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އައިޝަތު ފަރުހަތު ވަރަށް ބޮޑަށް ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން، އޭނާގެ ލިވަރ އަދި ސްޕްލީން ދުޅަވެފައިވާ ކަމަށާއި ލިވަރ ފެއިލްވަމުންދާ ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ފަރުހަތުގެ އާއިލާއިން ބޭނުންވަނީ ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރުން ކުރަން ޖެހޭ ސަރޖަރީ ކުރުމަށް ދިއުމަށް ދީލަތި ފަރާތްތަކުގެ އެހީއެވެ. ފަރުހަތުގެ އާއިލާގެ ފަރާތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ބުނީ، ކޮއްކޮގެ ލިވަރ ފެއިލްވަމުންދާ ކަމަށާއި، ވީ އެންމެ އަވަހަކަށް ސަރޖަރީ ކުރުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށެވެ. އަދި އެއީ ވަރަށް އިމަރޖެންސީ ސަރޖަރީ އެއް ބޭނުންވާ މެޑިކަލް ކޮންޑިޝަން އެއް ކަމަށާއި، ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ގޮސް ލިވަރ ސަރޖަރީ ހަދަން ޖެހޭ ކަމަށާއި، ލަސްވެއްޖެ ނަމަ ލިވަރ ފެއިލް ވުމުގެ ފުރުސަތު އޮތް ަކަމަށްވެސް ޑޮކްޓަރު ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.
އެހެން ނަމަވެސް އަޅުގަނޑުމެންފެ މާލީ ހާލަތު ހުރި ގޮތުން މިވަގުތު ރާއްޖެއިން ބޭރަށް ދެވެން ނެތުމުން ބޭނުންވަނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީ. ﷲ އަށްޓަކާ އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ. އާސަންދަ ލިބުނަސް އެކޮޅުގައި ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމުގެ ތަނަވަސްކަމެއް އަޅުގަނޑުމެންގެ ނެތް. - އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ.
ވީމާ، ފަރުހަތު އަށް އެހީތެރިވެދެއްވުމަށް ބޭނުންފުޅުވާ އެންމެހާ ފަރާތްތަކުން އާއިލާއަށް ގުޅައި އެހީތެރިވެދެއްވުމަކީ ވަރަށް ބޮޑު އެދުމެކެވެ.












ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.