ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އަށް ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލުގެ މާނަ ފަހުމްނުވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑިފެންސް މިނިސްޓަރަށް ގައުމުގެ މިނިވަންކަމާއި އިސްތިގްލާލްގެ މާނަ ފަހުމް ނުވާ ކަމަށާއި، ދިވެހިންނަކީ ނިކަމެތި، ފަޤީރު، ލާއިޤް ނޫން ބައެއް ކަމަށް އެމްޑީޕީގެ އިސްވެރިން ސިފަކުރަނީ ވިކިފައިތިބި ވަރު ބޮޑުވީމަ ކަމަށެވެ.

https://twitter.com/MJameelAhmed/status/1495653476457926657

އަދި ފަތުރުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން އުމްރާނީ ތަރައްގީ ދިވެހިން ހޯދީ އަވަށްޓެރި ގައުމުތަކަށް ބަލައިގެން ނޫންކަމަށްވެސް ޑރ ޖަމީލްގެ ޓުވީޓުގައި ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާއަށް މިފަަހަކުން އައިސް ފާޑުކިއުން އަމާޒުވެފައިވަނީ، އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތާއި ގުޅިގެން ދެެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.