ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑް ފަރުވާއަކަށް އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގަންނަވާކަމަށް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑޮކްޓަރުގެ ލަފާގެ މަތިން ތައިރޮއިޑް ފަރުވާއަށް މިއަދު ސިންގަޕޫރަށް ފުރާ ވަޑައިގަންނަވާ ކަމަށާއި، ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ ކަމަށެވެ. https://twitter.com/ibusolih/status/1496387494836908032

މިމަހުގެ 10 ވަނަ ދުވަހުވެސް ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަތީ މިމަހުގެ 15 ވަނަ ދުވަހުއެވެ.