އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ފެނިވަޑައިގަންނަވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، އޭސީސީއަށް އައްޔަން ކުރަން ފެންނަ މީހުންގެ ނަންތައް މަޖިލީހަށް ފޮނުވާފައި ކަމަށާއި، އެނަންތައް ހާމަކުރާނީ މަޖިލީހުން ކަމަށެވެ. އޭސީސީގެ މެންބަރުން އިސްތިއުފާ ދެއްވާފައި ވަނީ އެމެންބަރުން މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފެށުމުންނެވެ. އޭސީސީއަށް މެމްބަރުން އައްޔަން ނުކޮށް ލަސް ކުރާތީ އިދިކޮޅު ފަރާތްތަކާއި ބައެއް އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. އެއާގުޅިގެން އޭސީސީގެ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގައެވެ. އޭސީސީގެ މެންބަރު ކަމަށް ބޭފުޅުން އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ނަންތައް ފޮނުވާފައި މިވަނީ ގާނޫނުގައި އެކަން ކުރަން ބުނެފައިވާ މުއްދަތުގެ ފަހުންނެވެ.
އެސީސީއަށް ކުރިމަތިލި މެމްބަރުންގެ ނަންތައް މަޖިލީހަށް ފޮނުވައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.