1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމްއެންޑީއެފް ވެހިކަލްއަކަށް އިންޑިއާ ސިފައިން އެރުވި ފޮށީގައި ހުރީ އުޅަދެއް މަރާމާތު ކުރުމަށް ގެނައި ޓޫލްތައް - އެމްއެންޑީއެފް

India
އިންޑިއާ ސިފައިން އެމްއެންޑީއެފް ގެ ވެހިކަލަކަށް ފޮށިތަކެއް އަރުވަނީ - ފޮޓޯ: މީސްމީޑިއާ
ހުވަދޫ ނިއުސް ޓީމް
1,647ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މީސްމީޑިއާގައި ދައުރުވަމުންދާ އިންޑިއާ ސިފައިންގެ ބަޔަކު ފޮށިތަކެއް ހިފައިގެންދާ މަންޒަރު ފެންނަ ފޮޓޯއަކީ، އިންޑިއާއިން ހަދިޔާކޮށްފައިވާ އުޅަނދެއް މަރާމާތު ކުރުމަށް، އިންޑިއާގެ ނޭވީޑޮކްޔާޑުން ފޮނުވި 02 ސިވިލް ޓެކްނީޝަނުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ. އަދި ސިފައިންގެ ވެހިކަލަށް އެރުވި ފޮށިގަނޑުގައި ހުރީ އުޅަނދު މަރާމާތު ކުރުމަށް ބޭނުންވާ ޓޫލްތައް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް އެހީވެދިނުމަށްޓަކައި އެކުވެރި ދައުލަތްތަކުން ބޮޑެތި އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ. އެގޮތުން ކޯސްޓްގާޑްގެ ޚިދުމަތުގައި ބޭނުންކުރެވެމުންދާ އުޅަނދުފަހަރު ތަކުގެ ތެރެއިން ބައެއް އުޅަނދުތައް ލިބިފައިވަނީ އިންޑިއާ ސަރުކާރުގެ ދީލަތި އެހީގެ ދަށުން ކަމަށެވެ.

އަދި މިއިން އުޅަނދެއް މަރާމާތު ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަން ފޯރުކޮށްދެމުން ދަނީ އެމް.އެން.ޑީ.އެފް އިން ކަނޑައަޅާ ޕްލޭނެއްގެ ދަށުން އެޤައުމަކުން ފޮނުވާޓެކްނީޝަނުންގެ ޓީމެއް ބޭނުންވާޓޫލްސް އާއިއެކު ދިވެހިރާއްޖެއަށް އައިސްކަމަށާއި އެފަރާތްތައް ރާއްޖެއައުމުގެ ކުރިން އެކަމަށް އަންނަމީހުންގެ މަޢުލޫމާތާއި ގެނެވޭ ތަކެތީގެ މަޢުލޫމާތު މިނިސްޓްރީ އޮފް ޑިފެންސް އަށް ފޮނުވާ ހުއްދަލިބިގެން މެނުވީ ދަތުރު ކުރަމުން ނުދާ ކަމަށެވެ.

300 × 250

އެގޮތުން 2021 ވަނަ އަހަރުގެ ފަހުކޮޅު "ޝިޕް ހުރަވީ" މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ސިވިލް 02 ޓެކްނީޝަނަކު ރާއްޖެ އައިސް އެކަން ފުރިހަމަކޮށް ފުރާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެގޮތުން ދާދިފަހުން އިންޑިއާ ސިފައިންގެ ބަޔަކު ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯއިން ފެންނަނީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކޯސްޓްގާޑް ފްލީޓްގައި ހިމެނޭ "ޝިޕް ކާމިޔާބު" މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ފޮނުވި 2 ސިވިލް ޓެކްނީޝަނުން ކަމަށާއި، މަސައްކަތް ފުރިހަމަ ކުރުމަށްފަހު އެމީހުން މިމަުގެ 19 ވަނަ ދުވަހު ފުރާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އަދި އެގޮތަށް އަންނަ ޓީމުތައް އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ސިފައިންނާއި ގުޅިގެން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި