ރަޝިޔާއިން ޔޫކްރެއިންއަށް މިސައިލް ހަމަލާދޭން ފަށައިފިއެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޝިޔާއިން މިސައިލް ހަމަލާތައް ދެމުންގެންދަނީ ޔޫކްރެއިންގެ ވެރިރަށް ކިއޭވް އާއި ޚަރްކީވްގައި ހުރި ޔޫކްރޭންގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރަޝިޔާއިން ހަމަލާދެމުންދާ ޔޫކްރެއިންގެ ވެރިރަށް ކިއޭވްގައި 5 ދިވެހިން އެބަތިއްބެވެ. އަދި މިހަމަލާތަކުގައި ޔޫކްރެއިންގެ އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ވެރިރަށް ކިއޭވްގެ މައި އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް ހަމަލާދީފައެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް މިހާރު ހަމަލާދެމުން ގެންދާއިރު، ރަޝިޔާގައި ބާރުގަދަ ގޮވުމެއްގެ ގޮވާފައިވާ ކަމަށް "ރޮއިޓާސް" އިން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެގޮވުން ގޮވާފައިވަނީ ޔޫކްރޭންއާއި ރަޝިޔާ ގުޅޭ ސަރަހައްދީ އިމުގެ ކައިރިން ރަޝިޔާ އަވަށެއްގައި ކަމަށްވެސް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.
އަދި މިހާރު ރަޝިޔާ ސިފައިން ވަނީ ޔޫކްރޭންގެ މެރިޕޯލް އާއި އޮޑެއްސާ އަށް އަރާފައިކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އަދި ޔޫކްރެއިންއިން ވަނީ ރަޝިޔާގެ އަސްކަރީ މަތިންދާބޯޓު ތަކެއް ވައްޓާލާފައި ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.