1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އުމުރުން 15 އަހަރުފުރޭ ކޮންމެ ރައްޔިތަކަށް ގައުމީލޯތްބާއި، ބަޑިޖަހަން ދަސްކޮށްދޭން ޖެހޭ: އިލްޔާސް

l_852741-e1645852668610
ފޮޓޯ: ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ އިލްޔާސް ހުސައިން އިބްރާހީމް
ޢަޒީޒާ އަފީފް
997ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި އުމުރުން 15 އަހަރު ފުރޭ ކޮންމެ ރައްޔިތެއްގެ ހިތުގައި ޤައުމީ ލޯތްބާއި، ވަރުގަދަ އަސްކަރިއްޔާއެއް ރާއްޖޭގައި ބޭއްވުމަށް ބަޑިޖަހަން ދަސްކޮށްދޭންޖެހޭ ކަމަށް ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ އިލްޔާސް ހުސައިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

"އިންޑިޔާ އައުޓް" ހަރަކާތަށް ތާއީދުކޮށް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އުމުރުން 15 އަހަރުފުރޭ ކޮންމެ ރައްޔިތަކަށް އަސްކަރީ އަސާސީ މިންވަރު އެންމެ ކުޑަމިނުން ގައުމީ ލޯތްބާއި ބަޑިޖަހަން ދަސްކޮށްދޭން ޖެހޭކަމަށެވެ.

https://twitter.com/illabe/status/1497352280190111745?s=20&t=XyVt2_PV2yvLzep2pDqlow

300 × 250

އިލްޔާސް އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ސަރުކާރު މިއަދު އޮތީ ޤާނޫނީ އަދި ދުސްތޫރީ ހާސްކަމެއްގެ ތެރޭގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުން ވެރިކަމާ ހަވާލުވެ އަވަސް އިންތިޚާބެއް ބާއްވައިގެން ނޫނީ ދުސްތޫރީ ވެރިކަމެއް އިއާދަ ނުކުރެވޭނެ ކަމަށެވެ. އަދި މިމައްސަލަ މަޖިލީހަށް ވެއްދުމަށް އިލްޔާސް ވަނީ އިދިކޮޅު ޕާޓީތަކަށް ގޮވާލާފައެވެ.

https://twitter.com/illabe/status/1497438211492421632?s=20&t=XyVt2_PV2yvLzep2pDqlow

އިންޑިޔާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާއި އިލްޔާސްވެސް ދެކޮޅުކަން ހާމަކުރައްވާފައިވާއިރު "އިންޑިޔާ އައުޓް" ހަރަކާތެއް އިއްޔެ ގއ.ވިލިނގިލީގައިވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ހުވަދު އަތޮޅުން ޔާމީންއަށް ސަޕޯޓްކުރާ ގިނަ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ވިލިނގިލިން ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ހުވަދު އަތޮޅުގެ ރައްޔިތުންނާއި ބައްދަލުކޮށް ޔާމިން ވިދާޅުވެފައިވަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ތިބި ސިފައިން ލައްވައި، ސިޔާސީ މީހުން ބުނާހާ ކަމެއް ނުކުރެވޭނެކަމަށާއި، ސިފައިންގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މިއަދާއި ހަމައަށްވެސް އިންޑިއާއާއިއެކު ވެފައިވަ އެއްބަސްވުންތައް ހާމަކުރަން ނުކެރެނީ އޭގައި އިންޑިއާގެ ކަނޑުގެ އަޑިނޭގޭވަރަށް ސިއްރު ކަންތައްތަކެއް ހުރުމުންކަމަށެވެ. މިއަދު އިންޑިއާގެ ސިފައިން ތިބި ހަނިމާދޫއާއި، އުތުރު ތިލަފަޅަށް ދިވެހި ދައުލަތުގެ އެއްވެސް ބާރެއް ނުހިނގާނެކަމަށް ރައީސް ޔާމިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ވަރަށް ފުޅާ ދާއިރާއެއްގައި އަންނަނީ އިންޑިއާ އައުޓް ކެމްޕެއިނެއް ހިންގަމުންނެވެ. އަދި ގިނަ ޢަދަދެއްގެ ޢާންމުން މި ހަރަކާތުގައި ދަނީ ބައިވެރިވަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި