މާލެ އަތޮޅު އެނބޫދޫފަޅުގައި ތަރައްޤީ ކޮށްފައިވާ ކްރޮސްރޯޑްސްގައި ހަދާ ޕިކްނިކް އައިލެންޑްގެ މަސައްކަތް ދެއަހަރުވަންދެން ހުއްޓާލާފައި އޮތުމަށްފަހު އަލުން ފަށަން ނިންމައިފިއެވެ.
2019 ވަނަ އަހަރު އިއުލާންކުރެވުނު މިމަޝްރޫޢު އެކިއެކި ސަބަބުތަކާހުރެ ލަސްވަމުންދާތީ 2021 ވަނަ އަހަރު ކ. ކުޑަގިރި ފަޅުން ބިން ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހަދަން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
މާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސްކޮށް ހަދާ ޕިކްނިކް އައިލެންޑާއި ބެހޭ ގޮތުން އެއްވެސް ޚަބަރެއް އާންމު ނުކުރާތާ މިހާރު ދެއަހަރު ވެއްޖެއެވެ. އެހެންނަމަވެސް އިއްޔެގެ ވަގުތެއްގައި އެތަން ތަރައްޤީ ކުރާ ތައިލެންޑުގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައިވާ ގޮތުން، އެތަން ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމުގައި އެސް ހޮޓެލްސް އާއި ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ސޮއިކޮށްފައެވެ.
އެހެންކަމުން އެމަޝްރުޢުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.