އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް، ސަރުކާރުގެ މުވައްސަސާގައި މަސައްކަތް ކުރާ އެޕާޓީގެ މުވައްޒަފުން ވަކި ކުރަންޏާ، އެމްޑީޕީގެ ރައީސް ކަމުން އެމަނިކުފާނު ވަކި ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސް ނަޝީިދު މިހެން އެދިވަޑައިގަތީ، އެމްޑީޕީ ގައުމީ މަޖިލިސްގެ ވަޓްސްއެޕް ގްރޫޕަށް ކުރެއްވި ކުރެއްވި މެސެޖެއްގައެވެ. އެމެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ބޭނުންކުރައްވަމުން ގެންދަވަނީ ސިޔާސީކޮށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން، އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް ޕާޓީއިން މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ، ވަކިކުރަނީ ނަމަ އަޅުގަނޑުވެސް ވަކިކުރައްވާ. - ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއަރޕަރސަން ހޮވުމަށް އޮންނަ އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ ބައެއް ކުންފުނިތަކާއި، މުވައްސަސާތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމުގެ ވާހަކަތަކެއް ދެކެވެމުންދާ ދުވަސްވަރެއްގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.