ސައިކަލަކުން ވެއްޓި އިއްޔެ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން ނިޔާވެއްޖެއެވެ. މިއަދު ހެނދުނުން ފެށިގެން ހާލަތު ގޯސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ އީމާން ނިޔާވެފައިވާ ކަން އޭނާގެ އާއިލާއިންނާއި، މާލެ ސިޓީ ކައުންސިލާއި، އޭޑިކޭ ހޮސްޕިޓަލުން ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އީމާން އެކްސިޑެންޓުވީ އިއްޔެ ހަވީރު ހުޅުމާލޭގައި ކުރެދިމާ ހިނގުމުން ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދަނިކޮށް ބަމްޕަރެއްގެ މައްޗަށް އެރި ވަގުތު ކަހާލައިގެންނެވެ.

އެ ހާދިސާގައި އީމާނަށް ބޮޑެތި އަނިޔާތަކެއް ލިބި ހޭނޭރުމުގެ ސަބަބުން އޭނާ ވެންޓިލޭޓަރަށް ލާފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ސައިކަލުން ވެއްޓުނު ވަގުތު އެ ސަރަހައްދުގައި މީހަކު ނެތުމުން އޭނާ ހޮސްޕިޓަލަށް ގެންދެވިފައިވަނީ އޭގެ 20 ވަރަކަށް މިނިޓު ފަހުންނެވެ.