1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕްލާސްޓިކް އާ ދެކޮޅަށް ބައިނަލް އަޤުވާމީ މުއާހަދާއެއް އެކުލަވާލަނީ

image1170x530cropped
ކެންޔާގެ ވެރިރަށް ނައިރޯބީގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަންގެ ތެރެއިން - ފޮޓޯ: ޔުނއަިޓެޑް ނޭޝަން
ޢަޒީޒާ އަފީފް
488ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޕްލާސްޓިކުގެ ޒަރިއްޔާއިން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށްޓަކައި ބައިންއަގްވާމީ މުއާހަދާއެއް ދިވެހިރާއްޖޭގެ ތާއީދާ އެކު އެކުލަވާލުމަށް ފާސްކޮށްފިއެވެ.

ކެންޔާގެ ވެރިރަށް ނައިރޯބީގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަންގައި ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ބައިންއަގްވާމީ މުއާހަދާއެއް އެކުލަވާލުމަށް މިވަނީ ފާސްކުރެވިފައެވެ.

ދުނިޔޭގެ 193 މެންބަރު ގައުމުތަކުން ބައިވެރިވާ މި ބައްދަލުވުމުގައި ޕްލާސްޓިކުގެ ޒަރިއްޔާއިން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ގާނޫނީ ބާރު ލިބިދޭ މުއާހަދާއެއްގެ ބޭނުންތެރިކަން ފާހަގަކޮށް ރިޒޮލިއުޝަނެއް ވެސް ވަނީ ހުށައަޅާފައެވެ. މިފަދަ މުއަހަދާއެއް އެކުލަވާލުމުގައި އެއްބަސްވާ 81 މެންބަރު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭއިރު މި ރިސޮލިއުޝަނަށް ރާއްޖެ އިންވެސް ވަނީ ފުރިހަމައަށް ތާއީދުކޮށްފައެވެ.

300 × 250

މެމްބަރު ޤައުމުތަކުން އެއްބަސްވާ ގޮތުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ދުނިޔޭގައި ވަރަށް ބޮޑެތި މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އެހެންކަމުން މިފަދަ މުއާހަދާއެއް އެކުލަވާލުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

މީގެ އިތުރުން ރާއްޖެއިން އިސްނަގައިގެން ގައުމީ ފެންވަރުގައި ތަންފީޒު ކުރަމުންދާ ސިންގަލްޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭންގެ މައުލޫމާތު މި ބައްދަލުވުމުގެ މެންބަރު ގައުމުތަކުގެ އިސްވެރިންނާއި ވަނީ ހިއްސާކޮށްފައެވެ.

މި މުއާހަދާއިގައި އަލިއަޅުވާލަފައިވާ ކަންތައްތަކުގެ ތެރޭގައި ޕްލާސްޓިކު އުފެއްދުމާއި ބޭނުންކުރުމާއި މިތަކެތި ކުނީގެ ގޮތުގައި ނެތިފާނެވެގެން ދިޔުމާ ހަމައަށް އެކި މަރުހަލާތަކުގައި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް ވަނީ ނިންމާފައެވެ.

ރައްކާތެރިގޮތުގައި ކެމިކަލް އަދި ކުނި މެނޭޖްކުރުމަށް ބާރުއަޅާ ރިސޮލިއުޝަނެއްވެސް މި އެސެމްބްލީއަށް ހުށައަޅާފައި ވާއިރު ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަނަށް ތިމާވެށީގެ އެކި މައްސަލަތަށް ހައްލުކުރުމަށް ޖުމްލަ 17 ރިސޮލިއުޝަން ވެސް ވަނީ ހުށަހަޅާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި