ގދ ތިނަދޫ ބަނދަރު ސަރަހައްދުގައި ހަދަމުންދާ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭޓީއެމް އިމާރާތެއްގައި ހަރު ކުރަމުން ދިޔަ ބިއްލޫރި ޝީޓްއް ވެއްޓި 2 މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ.
އިއްޔެ ހަވީރު ހިނގާދިޔަ މި ޙާދިސާގައި ޒަޚަމް ވެފައިވަނީ އެއިމާރާތް ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ދިވެއްސަކަށާއި ބިދޭސީއަކަށެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެމުން މި ޙާދިސާގައި އަނިޔާވި ދިވެހި މީހާ ބުނީ ޙާދިސާ ހިގަން މެދުވެރިވީ އިމާރާތުގެ ބޭރުގައި ބިއްލޫރި ޝީޓްތައް ހަރުކުރަމުން ދިޔުމުގެ ތެރޭގައި ޝީޓް ނެއްޓިގެން ގޮސް ވެއްޓިގެންނެވެ.
އެއީ 9 ވަރަކަށް ފޫޓު އުސް މިނުގައި ހުރި ބޯ ޝީޓެއް. އަޅުގަނޑުމެން މަރުން ސަލާމަތްވީ ހަމަ ކިރިޔާ - ދިވެހި މީހާ ބުންޏެވެ.
މި ޙާދިސާގައި އަނިޔާ ލިބުނު 2 މީހުންގެ އަތާއި ފައިގެ ބައެއް ތަންތަން ވަނީ ޒަޚަމް ވެފައެވެ. އަދި ދެމީހުންވެސް ވަނީ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައެއވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.