ނޭވާ ލާން އުދަގޫވާތީ ޑޮކްޓަރަށް ދެއްކި ދެއަހަރުގެ ކުޑަކުއްޖެއްގެ ފުއްޕާމޭގައި ތާށިވެފައި އޮތް ކަރަންފޫ ކޮޅެއް ނަގައިފިއެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ އެތެރެހަށީގެ ޑރ. މުހައްމަދު އިސްމާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނޭޥާލާން އުދާގޫވެގެން ގެނައި ދެއަހަރުގެ ކުޑަކުއްޖެއްގެ ފުއްޕާމޭގައި ކަރަންފޫ ކޮޅެއް ތާށިވެފައި އޮތްކަން އެގުނީ ނޭވާ ހޮޅީގެ ތެރެއަށް ޑިވައިސްއެއް ލައްވައި ބެލި ބެލުމުން ކަމަށެވެ.
https://twitter.com/drmodismail/status/1499683360805101569?s=20&t=JQJoru-4iUAGc0My7n2asA
އަދި އެކުއްޖާ ވެންޓިލޭޓަރަށް ލާންޖެހުނު ކަމަށާއި އެހެންނަމަވެސް މިހާރު އެކުއްޖާއަށް ފަރުވާ ދިނުމަށްފަހު ގެޔަށް ދޫކޮށްލާފައިވާކަމަށް ޑޮކްޓަރުވަނީ ވިދާޅުވެފައެވެ.
އެ ކަރަންފޫކޮޅު ނަގާފައި ވަނީ ގަނޑުކޮށްލައިގެންނެވެ. އަދި އެ ކުއްޖާގެ ފުއްޕާމޭން ކަރަންފޫކޮޅު ނެގުމަށްޓަކައި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމް ކުރި މަސައްކަތް ޑރ. މުހައްމަދު އިސްމާއީލް ފާހަގަ ކުރައްވާފައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.