1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕީޖީ އޮފީހުގެ މުވައްޒަފުން ކައިބޮއި އުޅެނީ ސިކުނޑީގެ ހުނަރު ވިއްކައިގެން:ޝަމީމް

YShD8maDDoQNiE7rxYenZGfiehSANmR6aKD1WNLq
ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމާއި ބަންޑާރަނާއިބު އިބްރާހީމް ރިފްޢަތު
ޢަޒީޒާ އަފީފް
934ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޕީޖީ އޮފީހުގެ މުވައްޒަފުން ކައިބޮއި އުޅެނީ ސިކުނޑީގެ ހުނަރު ވިއްކައިގެން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު އޮފީހުގެ ރެކްރިއޭޝަން ކުލަބު، ބަންޑާރަ ކުލަބުން އިސްނަންގަވައިގެން، ކުރިއަށް ގެންދަވާ ބަންޑާރަ ކަޕާ ގުޅިގެން ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި ވިދާޅުވެފައިވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންނަކީ، އެމީހުންގެ ސިކުނޑީގެ ހުނަރު ވިއްކައިގެން، ކައިގެން ބޮއިގެން އުޅޭ ބައެއް ކަމަށާއި ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށް، ނަފްސާނީ ބަލިތަކުން ދުރުވެ ތިބުމަށްޓަކައި، ހަށިގަނޑުގެ ދުޅަހެޔޮކަމަކީ ކޮންމެހެން ފުރިހަމަވާންޖެހޭ އަސާސީ ކަމެއްކަމަށެވެ.

މީގެއިތުރުން ދުޅަހެޔޮ ސިއްޚަތެއްގައި ތިބުމުގެ ސަޤާފަތް އާލާވެއްޖެނަމަ އެކަމުގެ ފައިދާ އޮފީހަށާއި މުވައްޒަފުންގެ އާއިލާއަށްވެސް ކުރާނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

300 × 250

ޝަމީމް ވިދާޅުވި ގޮތުގައި ބަންޑާރަ ކަޕަކީ، އެމަގަށް ވާޞިލުވުމަށް ކޮށުނު މަގެއް ކަމަށް ބަލައިގެން، ހުރިހާ އިދާރާއަކުން މަސައްކަތް ކޮށްފިނަމަ، މިއީ އަހަރަކު އެއްފަހަރު ބާއްވާ ފުޓްސަލް މުބާރާތަކަށްވުރެ މާ ބޮޑު ކަމަކަށްވާނެއެވެ. އަދި މިމުބާރާތުން ދެކަމެއް ހާސިލްވެގެންދާނެ ކަން ޝަމީމް ވަނީ ފާހަނގަކުރައްވާފައެވެ. އެއްކަމަކީ ކުޅިވަރުގެ ތެރެއިން އުފެދޭ ގުޅުންތަކުން، މޫނެއް ނެތް ނަންތަކަކަށް މޫނެއް ލިބިގެންދާނެއެވެ.  ދެވަނަ ކަމަކީ، ކުޅިވަރުން ދަސްކޮށްދޭ އެހެނިހެން އަޚްލާޤުތަކެވެ.

"ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ. ކުޅިވަރަކީ އެތައް ކަމެއް ދަސްކޮށްދޭ ބާރުގަދަ އިޖްތިމާޢީ ޙަރަކާތެކެވެ." ޝަމީމް ވިދާޅުވެފައިވެއެވެ.

އެގޮތުން ބަލާއިރު ކުޅިވަރެއްގައި އެއްޓީމް މޮޅުވާއިރު އަނެއް ޓީމް ބަލިވެގެންދެއެވެ. އެހެންނަމަވެސް ބަލިވާ ޓީމާއި މޮޅުވާ ޓީމުވެސް، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރަން ކުޅިވަރުގެ ތެރެއިން ދަސްވެ، އެކަކު އަނެކަކަށް ޒާތީގޮތުން ޒުވާބުނުދީ، އެކުގައި ސައި ބޮއިލެވޭ ވަރުގެ ގުޅުމެއް ދަމަހައްޓަން ދަސްކޮށްދީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ދަސްވެގެންދަނީ ކުޅިވަރުގެ ތެރެއިން ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ހަސަން

    ކަލޭމެންނަށް ތިޔަސިކުނޑި ﷲ ދެއްވިއެއްކަމަކު ހަރާމެއް ހަލާލެއް ބެލުމެއްނެތި މުޖުރިމުންނަށް ލިބެއްވާ ހައްގުުއަދަބު ލިބުނަނުދީ ދޮގުވެރި ކެހިވެރި ވާހަކަތައް ދައްކައިގެން އެމީހުން ސަލާމަތްކޮށް ލާރިކާލާއިރު މާދަންވެސް ތިމާމެންގެ ސިކުނޑިއަށް ﷲ ބައްޔެއްޖައްސަވާވާނެކަމަށް ބިރުވެތިވެބަލަ.

  • އިއްބެ

    ދެން އެހެން އޮފީސް ތަކުގެ މީހުން ކައިބޮއި އުޅެނީ ހަށިވިއަކައިގެންތަ؟؟

ގުޅުންހުރި