1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިވެހި 23 ދަރިވަރަކު ޖައްވީ ޕްރޮގްރާމެއްފުރިހަމަކޮށްފި

big_fREWiBKqaDb9cOBlTUbhTFWuZ
ޖޫނިއަރ އެސްޓްރޮނޯޓް ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުން
ސާއި ޢަލީ
468ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކެނެޑާގެ ޖޫނިއަރ އެސްޓްރޮނޯޓް ޕްރޮގްރާމް ރާއްޖޭގެ 32 ދަރިވަރަކު ފުރިހަމަކޮށްފިއެވެ. މިއީ ބައިނަލްއަޤްވާމީ މިންގަނޑުގައި، ރާއްޖޭގެ ޖަމިއްޔާއެއްކަމަށްވާ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދިޔަ ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖޫނިއަރ އެސްޓްރޮނޯޓް ޕްރޮގްރާމެކެވެ.

މިއީ މިފަދަ ޖައްވީ ޕްރޮގްރާމެއް ރާއްޖޭގެ ދަރިވަރުން ފުރިހަމަކުރި ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް 2023 ގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާގައި އިތުރު ތަމްރީނު ހޯދުމުގެ ފުރުސަތު އައިޖީއެސްއިން ފަހިކޮށްދޭނެއެވެ.

ޖޫނިއަރ އެސްޓްރޮނޯޓް ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް، ކެނޭޑިއަން ސްޕޭސް އެޖެންސީގެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިއްޔެ ސްޓެލްކޯގައި ބޭއްވި ޚާއްސަަ ރަސްމިއްޔާތެއްގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދެވެ.

300 × 250

މާލެ އާއި ހދ. ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ މައިގަނޑު ތިން މޮޑިއުލް އަކަށެވެ. ސްޕޭސްގައި ފިޓްނަސް ބަހައްޓާނެ ގޮތާއި، ކެއިންބުއިން ކުރިއަށްގެންދާނެ ގޮތުގެ އިތުރުން، ސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީއާއި، ޓީމެއްގެ ގޮތުގައި އެސްޓްރޮނޯޓުން ގުޅިގެން މަސައްކަތް ކުރާގޮތް ދަރިވަރުންނަށް ދަސްކޮށްދެވުނެވެ.

އައިޖީއެސްއަކީ ރާއްޖޭގައި ސްޕޭސް ސައިންސް ކުރިއެރުވުމަށް މަސައްކަތްކުރާ ހަމައެކަނި އިންސްޓިޓިއުޝަނެވެ. އައިޖީއެސްއިން ވަނީ ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމް އިފްތިތާހުކޮށް، ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓްގެ މަސައްކަތް ފަށާފައެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް އަޖުމަ ބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ.

އައިޖީއެސްގެ ސްޕޭސް ޕްރޮގްރާމް ކުރިއަށް ގެންދަނީ އެމެރިކާގެ ކޭސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކީގައެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ އިލްމުވެރިންނާއި ތަޖުރިބާކާރުން މަސައްކަތްކުރައްވައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި