ބޮޑެތި ޒަޚަމްތަކާއި އެކު ހުޅުމާލެ މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ހަވީރު ޒަޚަމްތަކަކާއެކު މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ބިދޭސީއެއް ކަމަށާއި، އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު، އެބިދޭސީ މީހާ ވެއްޓިފައި އޮތް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފެށި ކަމަށެވެ. ޒަޚަމްތަކަކާއެކު މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ބިދޭސީ މީހާ ވަނީ، ފުލުހުންގެ އެހީތެރިކަމާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިމައްސަލައާއި ގުޅޭއިތުރު މައުލޫމާތު ފުލުހުން ދީފައި ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
ބޮޑެތި ޒަޚަމްތަކަކާއެކު ހުޅުމާލޭ މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.