އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނު ޓެކްސީ ޑްރައިވަރަކު އަތުލައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރަން ޓެކްސީ ޑްރައިވަރު މަސައްކަތް ކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަންހެން ކުއްޖާ ޓެކްސީއަށް އަރާފައިވަނީ، ރޭ ދަންވަރު 01:30 އެހާކަންހާއިރު ހެންވޭރުގެ ހުރި ގެއަކުން މާފަންނުގައި ހުރި ގެއަކަށް ދާންވެގެންނެވެ.
ނަމަވެސް ޓެކްސީ ޑްރައިވަރުވަނީ، އެއަންހެން ކުއްޖާ ޓެކްސީއަށް އެރުމާއެކު ޓެކްސީގެ ހުރިހާ ދޮރުތަކެއް ލޮކް ކުރުމަށްފަހު އެކުއްޖާގެ ނުރުހުމުގައި ހުޅުމާލެ ފޭސް ދޭއްގެ ބީޗު ސަރަހައްދަށް ގޮސް އެކުއްޖާއާ ގަދަކަމުން ބެހެން މަސައްކަތް ކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެއިން ޓެކްސީއަކަށް އެރި 20 އަހަރުގެ ދިވެހި އަންހެނަކު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، އެމައްސަލަ އާއި ގުޅިގެން 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ޓެކްސީތަކަށް އަރާ އަންހެން ކުދިންނަށް މީގެ ކުރިންވެސް އެޓެކްސީތަކުގެ ޑްރައިވަރުންގެ ފަރާތުން ޖިންސީ ގޯނާ ކުރާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.