ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި މިހާރު ހުންނެވީ ކޮން ރައީސެއްތޯ ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސްޕްރީމް ކޯޓަށް ދާންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤު ވިދާޅުވެއްޖެއެވެ.
ތޯރިގު ވިދާޅުވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިކަން ކުރުމަކީ މަޖިލީހުގެ ޒިންމާއެކެވެ.އަދި ގާނޫނު އަސާސީގައި ސާފުކޮށް ބުނެފައިހުރި ކަންކަމާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވެސް އަދި އުއްތަމަ ފަނޑިޔާރަކަށްވެސް ކަންކަމެއް ނުކުރެވޭނެއެވެ.
ތޯރިޤު މިހެން ވިދާޅުވެފައިމިވަނީ ތައިރޮއިޑްގެ ބޭސަފަރުވާއަށް ރައީސް އޮޕަރޭޝަނެއް ކުރެއްވި ވަގުތު ނައިބު ރައީސް ފައިސަލް ނަސީމާއި ވެރިކަމުގެ ބާރުތައް ހަވާލުކޮށް، ނައިބް ރައީސް ހުވައި ކުރެއްވުމާއި ގުޅިގެންނެވެ. ނައިބް ރައީސް ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާ ކުރެއްވިތާ މަދު ގަޑިއިރެއްގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލުން ބާރުތައް ނަގާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.