ދ އަތޮޅުގައި ހިންގާ ރިސޯޓެއްގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ރިއު ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެކެވެ.

ދ އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލްއިން މައުލޫމާތުދެއްވި ގޮތުގައި، މިއަދު މެންދުރު 12:00 ހާއިރު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ގެނބިގެން ފަރުވާ ދިނުމަށް އެހޮސްޕިޓަލަށް ގެނައި ކަމަށާއި، އެމީހާ ހޮސްޕިޓަލަށް ގެނައިއިރުވެސް ވަނީ ނިޔާވެފައި ކަމަށެވެ. ގެނބިގެން މަރުވެފައި ވަނީ ފިރިހެން ފަތުރުވެރިއެކެވެ.