ތ. ދިޔަމިގިލީގައި އެ ރަށު މުދިމަށް ހަމާލާދީ ޒަހަމްކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެއްޖެ އެވެ.
"އެމްވީ ކްރައިސިސް" އިން އާންމުކޮށްފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި ޒުވާނަކު އެތައް ފަހަރަކު މުދިމަށް ހަމަލާ ދޭ މަންޒަރު ފެނެއެވެ. ފުރަތަމަ ހަމަލާ ދިނުމަށް ފަހު ވަކި ހިސާބަކަށް ގޮސް އެނބުރި އައިސް އަނެއްކާވެސް ވަޅިން ޙަމަލާދޭތަން ފެނެއެވެ.
އޭރު އެމީހާ (މުދިމު) އޮތީ އޭނާ ދުއްވަމުން އައި ބައިސްކަލާއެކު ވެއްޓިފައެވެ. އަދި އޭނާގެ ހަށިގަނޑަށް އެތައް ފަހަރަކު ވަޅިއަކުން ހަމަލާ ދިނުމަށްފަހު އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ބަސްތާއެއްގައި ވަޅި ހާކާލައި އެ ވަޅި ސާފުކުރާ މަންޒަރުވެސް މި ވީޑިއޯއިން ފެނެއެވެ.
މުދިމަކަށް ވަޅިއަކުން ޙަމަލާދޭ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ޢާންމުވަމުންދާއިރު، އިއްޔެ ފުލުހުން ވަނީ ދިޔަމިގިލީގައި މީހަކަށް ޙަމަލާދީފައިވާ މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.