1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންތިގެ ކެމްޕޭން ޓީމް ހުވަދޫގެ ހުރިހާ ރަށަކަށް

inthi
އައިޝަތު ޝިރުފާ
665ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަ ކުރައްވާ އިމްތިޔާޒް ފަހްމީ (އިންތި) ކެމްޕޭން ދަތުރެއްގައި މިހާރު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި  ގދ.ވާދޫއަށް މިއަދު ވަޑައިގެންފިއެވެ.

އެމްޑީޕީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު މީގެ ކުރިން ބާއްވަން ހަމަޖެހިަފއިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ރޯދަމަހާ ދިމާވާތީ މިހާރު ވަނީ މެއި 14 އަށް ފަސްކޮށްފަ އެވެ.

މިހަފްތާގައި އިންތި ފެއްޓެވި ކެމްޕޭން ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގދ. ނަޑެއްލާ އަށެވެ. އޭނާގެ މިދަތުރުގައި ގއ. އަދި ގދ.އަތޮޅުގެ ހުރިހާ ރަށްތަކަށް ވެސް ދަތުރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ވަނީ ފަރެސްމާތޮޑާ، ރަތަފަންދޫގެ އިތުރުން ވާދޫއަށްވެސް ވަޑައިގެންފައެވެ.

300 × 250

އިންތިގެ ކެމްޕޭންގެ މިދަތުރުގައި އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އިންތިގެ ކެމްޕޭން ޓީމް މިއަދު ހުވަދު އަތޮޅަށް ވަޑައިގެންފައިވާއިރު، މި ކެމްޕޭން ދަތުރުގައި މިހާތަނަށް ވަނީ ކ.އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލަކަށްވެސް ވަޑައިގެންފައެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި އިންތިގެ އިތުރުން ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލެވެ. މިއިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތީ މިނިސްޓަރ ފައްޔާޒަށެވެ. އަދި އިންތިއަށް ރައީސް ނަޝީދުގެ ތާއީދު އެބައޮތެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި