1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މުޅި އަހަރުގެ އެންމެ އުންމީދީ ޒުވާން އެތުލީޓުގެ އެވޯޑަށް އިބާދުﷲ އާދަމް ވާދަކޮށްފި- މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022

ibadulla2
މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022
ސާއި ޢަލީ
939ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 ގެނަމުގައި ރޭގައި ކުލަގަދަކޮށް ބޭއްވުނު ހަފްލާގައި، ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ތަފާތު ޝަޚްސިއްޔަތުތަކަށް ވަނީ އެވޯޑު ދީފައެވެ. މިފަޚުރުވެރި ރަސްމިއްޔާތުގެ އެއް އެވޯޑް ކަމުަގައިވާ، އެންމެ އުންމީދީ ޒުވާން އެތުލީޓުގެ އެވޯޑަށް، ތިނަދޫ އަށް އުފަން ޒުވާން ހުނަރުވެރި އެތުލީޓް އިބާދުﷲ އާދަމް ވެސް ވަނީ ވާދަކޮށްފައެވެ. އެންމެ އުންމީދީ ޒުވާން އެތުލީޓުގެ އެވޯޑަށް، 3 އެތުލީތުން ކަމުގައިވާ، ނިބާލް އަހުމަދު، އަލީ އީމާން އަދި އިބާދުﷲ އާދަމް ވަނީ ނޮމިނޭޓްވެ، ވާދަކޮށްފައެވެ. އަދި އެންމެ އުންމީދީ ޒުވާން އެތުލީޓުގެ އެވޯޑް ނިބާލް އަހުމަދު ހާޞިލްކޮށްފައިވާ އިރު، އިބާދުﷲ އާދަމް ވަނީ އެންމެ އުންމީދީ ޒުވާން އެތުލީޓުގެ އެވޯޑް ރަނަރަޕް ހާޞިލް ކޮށްފައެވެ. އަދި އަލީ އީމާން ވަނީ އެންމެ އުންމީދީ ޒުވާން އެތުލީޓުގެ އެވޯޑް ސެކަންޑް ރަނަރަޕް ހާޞިލްކޮށްފައެވެ،

ibadulla1

މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރާއްޖެ އެމްވީ

300 × 250
ibadulla

މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022

މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 ގެ ރަަސްމިއްޔާތު ރޭގައި ވަނީ ބޭއްވިފައެވެ. މިއީ މި ފަހުގެ ތާރީޚުގައި ރާއްޖޭގައި މިހާ ކުލަގަދަކޮށް ކުޅިވަރު އެވޯޑް ހަފްލާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.

ރޭގެ އެވޯޑް ހަފްލާގައި “ސްޕެޝަލް ރިކޮގްނިޝަން އެވޯޑް” ފަސް ބޭފުޅަކަށް ވަނީ އަރުވިފައެވެ. އެ ފަސް ބޭފުޅުންނަކީ ބަންގްލަދޭޝްގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް ޒާހިދު އަހްސަން ރަސުލް އާއި ސްރީލަންކާގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް ނަމާލް ރާޖަޕަކްސަ އާއި ސައުދީ އަރަބިއްޔާގެ ވައިސް މިނިސްޓަރު އޮފް ސްޕޯޓްސް ބަދުރު އަލް ޤާޟީގެ އިތުރުން ރާއްޖެ އިން މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަފީފް އަދި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަންގެ އޮނަރަރީ ރައީސް އަހްމަދު ނަޒީރެވެ.

މިއެވޯޑް ހަފްލާގައި، ލައިފްޓައިމް އެވޯޑް 15 ބޭފުޅުންނަށް ލިބިފައިވާއިރު، ސްޕޯޓް އައިކަން އެވޯޑް 16 ބޭފުޅަކަށް ވަނީ އެރުވިފައެވެ. މިޚާއްސަ އެވޯޑުތަށް ހަވާލުކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

މީގެ އިތުރުން ސްޕެޝަލީ އޭބުލްޑް އެތްލީޓް އޮފް ދަ އިޔާ އަންހެން އަދި ފިރިހެން އެތުލީޓަށް އެވޯޑާއި ސްޕޯޓްސްމަން އޮފް ދަ އިއާ އެވޯޑާއި ސްޕޯޓްސް ވުމަން އޮފް ދަ އިއާ ވެސް ވަނީ ހޮވާފައެވެ. އަދި މޯސްޓް ޕްރޮމިސިން އެތުލީޓް އޮފް ދި އިއާ އަންހެން އަދި ފިރިހެން އެތުލީޓްވެސް ވަނީ ހޮވާފައެވެ. މީގެ އިތުރުން ރާއްޖޭގައި ފާހަގަކޮށްލެވޭ ކުޅިވަރު ހަރަކާތްތަކުން ދެ ޖިންސު ވަކީން އެންމެ މޮޅު ކުޅުންތެރިން ވަނީ ހޮވާފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 ހަފްލާގައި ޖުމްލަ 18 ކުޅިވަރަކުން 108 އެވޯޑް ދީފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި