މިހާރު ހާލަތު މިއޮތްގޮތުން، ރައީސް ނަޝީދު މަރާލަން ބޮންގޮއްވީވެސް ސީދާ ސަރުކާރުން ރާވައިގެން ކަމަށް ބުނާނެ ކަމުގައި، ރީކޯ މޫސާމަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ މިހެން ވިދާޅުވީ، އޭނާގެ ޓުވިޓާގައި ދެންމެ ކުރެއްވި ޓުވީޓެއްގައެވެ. ރީކޯ މޫސައަކީ އެމްޑީޕީ ފިރުކެމުން ދިޔަ ދުވަސްވަރުން ފެށިގެން އެންމެ އިސްސަފުގައި މަސައްކަތް ކޮށް އެމްޑީޕީއަށްޓަކައި ގިނަގުނަ ގުރުބާނީތަކެއް ވެފައިވާ ބޭފުޅެކެވެ.
މިދާވަރުން ދަންޏާ، ރައީސް ނަޝީދު ހިންގާ އިންތި ކެމްޕެއިން ކުދިން ދެންބުނާނީ ރައީސް ނަޝީދު މަރާލަން ބޮން ގޮއްވީވެސް ސީދާ ސަރުކާރުން ރާވައިގެން ކަމަށް. މިހާރުވެސް ފާޑަކަށް އެއަޑު ހުރޭ - ރީކޯ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ރީކޯ މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއަރޕަރސަން އިންތިހާބާއި ގުޅުވައިގެން، ކުރިމަތިލައްވާފައިވާ ދެކެނޑިޑޭޓުންގެ ތެރެއިން ރައީސް ނަޝީދު ތާއީދުކުރައްވާ އިމްތިޔާޒް ފަހުމީގެ ޓީމުން ސަރުކާރަށާއި ރައީސް ސޯލިހުއަށް އަދި ފައްޔާޒް އިސްމާއިލްގެ ކެމްޕެއިންގައި ހަރަކާތްތެރިވާ ސަރުކާރުގެ މުވައްސަސާތަކުގެ ވެރިންނާއި ބައެއް ވަޒީރުންނަށް ތުހުމަތުތަކެއް ކުރައްވާ މައްސަލައާއި ގުޅިގެންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.