އިންޑިއާގައި މުސްލިމުންނަށް ކުރާ ލާއިންސާނީ އަނިޔާތަކާއި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އަނެއްކާވެސް މިއޮތީ އެކަހަލަ ކަމެއް ފެންމަތިވެފައެވެ. އެގޮތުން ތޫނު ހަތިޔާރު ހިފައިގެން މުސްލިމުން ހިންގާ ފިހާރައަކަށް ވަދެ އިންޑިއާގެ ހިންދޫ ދީނުގެ ބަޔަކު މިވަނީ މުސްލިމުންނަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް މިފަހަރު މުސްލިމުން ވަނި ހަތިޔާރު ހިފައިގެން ހަމަލާ ދިނުމަށް މަސައްކަތް ކުރި ދެމީހުންނަށް ރައްދުގައި ހަމަލާދީ ހޭއަރުވާލާފައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި، މިމަހުގެ 15 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ ހައްދު ފަހަނައަޅާފައިވާ ހިންދޫންގެ ބަޔަކު މުސްލިމުންގެ ފިހާރައަކަށް ވަދެ އެތަނުގައި ތިބި މުސްލިމުންގެ ބަޔަކަށް ހަމަލާދޭ މަންޒަރު ފެނެއެވެ. ޖަވާބެއްގެ ގޮތުން މުސްލިމުންވެސް ވަނީ އެދެމީހުންނަށް ހަމަލާދޭން ފަށާފައެވެ.
ވީޑިއޯއިން ފެންނަގޮތުން އެންމެ ފުރަތަަމަ އެފިހާރަތެރެއަށް ވަދެގެން އައި މީހާއަތުގައި ކަނޑިއެއް އޮތެެވެ. އެކަނޑިން އޭނާ މުސްލިމުންނަށް ހަމަލާދޭން މަސައްކަތް ކުރުމުން މުސްލިމުން ވަނީ ހަމަލާތައް ދިފާއުކޮށް އެވަގުތު އަތު ޖެހުނު އެއްޗެއް އޭނާއާ ދިމާލަށް އުކަން ފަށާފައެވެ.







ޚިޔާލު (1)
މިވަރުގެެ ބަޔެއްގ މިލިޓީ މިތ ބައިތިއްބަނ ހެޔޮނުވާެ. މޯދެ ހަރުކަށި ހިންދުތުވ ފިކުރ މުޅ އިންޑާ އަށ ކަހަ ގޮތަކަށް މިހާު ވަނ ފެތުރިފ. އިންާ ސިފަް ރާއްޖޭގައ ތިބުމަށް ތާު ކުރުމަކ ތިމާމެންގ އަންނަް އޮް ޖީލ ހަލާކުގ ތެރެއަށް ވައްޓާލުނ