ހުރިހާ ސަރުކާރަކަށްވެސް ޤާނޫނު އަސާސީގެ 32 ވަނަ މާއްދާ ވަނީ ބޮޑު ބިރަކަށް ވެފައި ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒު މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މާދަމާ މާލޭގައި ބާއްވާ "ނޭވާހޮޅިއަށް" ނަމުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ބޮޑު ހަރަކާތް ބާއްވަން ފުލުހުން ޖާގައެއް ނުދޭނެ ކަމަށް އަންގާފައި ވަނިކޮށެވެ.
ފުލުހުން ވަނީ މިހަރަކާތަކީ ނުރައްކާތެރި އަދި މާލޭގައި ކުށްކުރާ ގޭންގުތަކާއި ގުޅިގެން ހިންގާ ހަރަކާތެއްގެ ގޮތުގައި ތުހުމަތުކޮށް މިހަރަކާތް ބޭއްވުމަށް ޖާގަ ނުދޭނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
އެކަމާއި ގުޅިގެން ކުރީގެ ޕީޖީ މުހުތާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފެހި ޤާނޫނު އަސާސީގެ ދަށުން އައި ކޮންމެ ސަރުކާރަކަށްވެސް އޮތް އެންމެ ބޮޑު ބިރަކަށް ވެފައިވަނީ ޤާނޫނު އަސާސީގެ 32 ވަނަ މާއްދާކަމަށެވެ. އެމާއްދާގައި ބުނާ ގޮތަށް އެހައްގުގެ ބޭނުން ކުރުމަށް ފުރުސަތު ދިނުމަކީ އެއްވެސް ސަރުކާރަކަށް ކުރަން ފަސޭހަވި ކަމެއް ނޫންކަމަށް މުހުތާޒު ވިދާޅުވިއެވެ.
"ފެހި ގާނޫނު އަސާސީއަށް އަމަލުކުރަންފެށިފަހުން ވެރިކަންކުރި ހުރިހާ ސަރުކާރަކުންވެސް ގާނޫނު އަސާސީގެ 32 ވަނަ މާއްދާ ދެކެ އިންތިހާއަށް ބިރުގަނޭ. ގައުމީ މަސްލަހަތަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ސުލްހަވެރިކަމާއި ކެތްތެރިކަން އަދި ގާނޫނީ ބާރުވެރިކަން އިސްކުރުން ބުއްދިވެރި" މުހުތާޒް ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.