އަންހެނުންނާއި ޒުވާނުން އިޤްތިސާދީ ގޮތުން ބާރުވެރިކުރުމަށް ވިލިމާލޭގައި ތަރައްޤީކޮށްފައިވާ "ވިލިމާލެ ކޮމިއުނިޓީ ގާޑެން" ރަސްމީކޮށް ހުޅުވައިފިއެވެ.
މި ގާޑްން ހުޅުވައި ދެއްވާފައިވަނީ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު އާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީއެވެ.
ވިލިމާލެ ކޮމިއުނިޓީ ގާޑަންއަކީ އާމްދަނީ ހޯދުމަށް އެކިބާވަތުގެ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އަދި މާމެލާމެލީގެ ގަސްތައް ހެއްދުމަށްޓަކައި އާންމުންނަށް ދޫކޮށްފައިވާ ގޮޅިތަކެކެވެ. އެގޮތުން މިގާޑަންގައި 30 ގޮޅި ވަނީ އާންމުންނަށް ދޫކޮށްފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި ކޮމިއުނިޓީ ގާޑްންގެ ބޭނުމަކީ ކަނބަލުންނާއި ޒުވާނުން އިޤްތިސާދީ ގޮތުން ބާރުވެރިކުރުން ކަމުގައެވެ.
https://twitter.com/MaleCitymv/status/1506457389590986752?s=20&t=M1TOSsFm4_Ph2BVL9pHmlw
ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަށް ބަދަލެއް އަންނަ ހާލަތެއް މެދުވެރިވެއްޖެ ނަމަ މިތަނުން ގޮޅި ލިބުނު ބޭފުޅުންނަށް ގޮތެއް ހަމަޖައްސައިދޭނެ ކަމަށެވެ.
ވިލިމާލެ ކޮމިއުނިޓީ ގާޑަން އިން ގޮޅިތައް ދޫކޮށްފައިވަނީ ވިލިމާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.