އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ (އެސްއީޑީ) ގެ މަޤާމަށް ގދ ތިނަދޫގެ ކުރީގެ ކައުންސިލް މެމްބަރ މުހައްމަދު އަމްޖަދު ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.
މި މަޤާމަށް މުޙައްމަދު އަމްޖަދު ހަމަޖެއްސެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމްގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންފުޅުވާ މަޤާމުތަކަށް މީހުން އައްޔަން ކުރެއްވުމަށް, ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރގެ މަޤާމަށް ގދ ތިނަދޫ، ނީލުގެ، މުހައްމަދު އަމްޖަދު ހަމަޖައްސަވައި އެކަމުގެ ސިޓީ މުހައްމަދު އަމްޖަދުއަށް ރައީސް އޮފީހުން ފޮނުއްވާފައި ވަނީ މިއަދުގެ ވަޤުތެއްގައެވެ.
މުހައްމަދު އަމްޖަދު އަކީ ތިނަދޫ ކައުންސިލްގެ އިންތިޚާބީ މެމްބަރެއްގެ ގޮތުގައި ޖެހިޖެހިގެން 2 ދައުރު މެންބަރުކަން އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަމްޖަދު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ތިނަދޫ އިސްލާމީ މަރުކަޒުގައެވެ.







ޚިޔާލު (1)
ރައީސަކީ ފައިސަލް ނަސީމް.