1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަނބިމީހާއާއި ބައްދަލުކުރުމަށް ފިރިހެނަކު ތައިލެންޑުން އިންޑިއާއަށް ރަބަރު ޑިންގީއެއްގައި ދަތުރުކޮށްފި

Screen Shot 1443-08-20 at 8.49.13 PM
އަނބިމީހާ އާއި ބައްދަލުކުރުމަށް ޑިންގީއެއްގައި ދަތުރުކުރި ހޯއަންގް ހަންގް
ސާއި ޢަލީ
3,444ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތައިލެންޑުން އިންޑިއާއަށް އަނބިމީހާ ފެނޭތޯ، ޑިންގީއެއްގައި ފަލިޖަހައި ދަތުރުކުރަން މަސައްކަތް ކުރި ފިރިމީހާ، ކަނޑުމަތީގައި ދެ ހަފްތާ ހޭދަކުރުމަށް ފަހު، ތައިލެންޑުގެ އައްސޭރިފަށުން 50 މޭލު ބޭރުން ސަލާމަތްކޮށް ހައްޔަރުކޮށްފި އެވެ.

ތައިލެންޑުގެ މައި ބިމާ ގާތްގަނޑަކަށް 50 މޭލު ދުރުގައި އޮންނަ ސިމިލާން އައިލެންޑްސް ކައިރިން މިދިޔަ ބުދަ ދުވަހު އުމުރުން 37 އަހަރުގެ މީހަކު، މަސްބޯޓަކަށް ފެނި އެކަން ރިޕޯޓުކުރުމުން، އޭނާ ސަލާމަތް ކުރި ތައިލެންޓްގެ ނޭވީގެ މެރިޓައިމް ސެކިއުރިޓީ ޔުނިޓުންނެވެ.

Screen Shot 1443-08-20 at 8.51.50 PM

300 × 250

އިންފްލޭޓަބަލަ ރަބަރު ޑިންގީއެއްގައި، އަނބިމީހާއާއި ބައްދަލުކުރުމަށް ވިއެޓްނާމް އަށް ނިސްބަތްވާ ހޯއަންގް ހަންގް ފުރާފައިވަނީ، ތައިލެންޑުގެ ހޮލިޑޭ އައިލެންޑް އޮފް ޕުކެޓްއިން ފުރައިގެން، ބޭ އޮފް ބެންގާލް ހުރަސްކޮށް 1240 މޭލުގެ ދިގު ދަތުރަކަށް ފެނާއި، އިންސްޓަންޓް ނޫޑްލްސް ހިފައިގެންނެވެ.

ތައި މެރިޓައިމް އެންފޯސްމަންޓް ކޮމާންޑް ސެންޓަރުގެ ކެޕްޓަން ޕިޗޭޓް ސޮންގްތާން ބުނި ގޮތުގައި މުމްބާއީގައި ވަޒީފާ އަދާކުރާ އޭނާގެ އަންހެނުންނާ ހަމައަށް ދިއުމަށް، ހޯއަންގް ހަންގް މަސައްކަތް ކުރަމުން ދިޔައީ ކޮވިޑުގެ ޓްރެވަލް ރެސްޓްރިކްޝަންތަކުގެ ސަބަބުން އަނބިމީހާއާއި ދުރުގައި ދެ އަހަރު ހޭދަކުރުމަށް ފަހު އެވެ.

ޕިޗޭޓް ބުނި ގޮތުގައި އޭނާ ފެނުނުއިރު، އެއްވެސް މެޕެއް، ކޮމްޕަސްއެއް، ޖީޕީއެސްއެއް ނެތް ކަމަށާއި، އޭނާގެ އަތުގައި ބޯފެން ވެސް ހުރީ ވަރަށް މަދުން ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި