1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށުމަށް މުޅި ރާއްޖޭގައި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިފި

19-e1648099433404
އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށުމަށް މުޅި ރާއްޖޭގައި ފަށައިފި
އައިޝަތު ޝިރުފާ
475ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފުލުހުންހެ ހިދުމަތް ދިނުމަށް އެކުލަވައިލެވުނު ''ނެއިބަހުޑް ޕޮލިސިންގ މޮޑެލް - އަވައްޓެރި ފުލުހުންގެ ހިދުމަތް'' ފެށުމަށް މުޅި ރާއްޖޭގައި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިފިއެވެ.

މިހިދުމަތް މުޅި ރާއްޖެއަށް ތައާރަފު ކުރުމުގެ މަސައްކަތް ފަށާވަނީ 2020 އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި މަސައްކަތުގައި މި އަހަރުގެ މިހާތަނަށް، ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ 100 ރަށުގައި މަސައްކަތްކުރާ ފުލުހުންނަށް އަވައްޓެރި ފުލުހުންގެ ތަމްރީނުތައް ދެވިފައިވާ ކަމަށެވެ. އަދި މި ތަމްރީނުތަކުގެ ތެރެއިން، އެ ރަށްރަށުގެ ކައުންސިލުތަކާއި، އެހެނިހެން މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާތަކާ ބައްދަލުކޮށް އަވައްޓެރި ފުލުހުންގެ ހިދުމަތުގެ މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

300 × 250

އެގޮތުން، އަވައްޓެރި ފުލުހުންގެ ހިދުމަތް ހިނގާނެގޮތާއި ފުލުހުންނާއި މުއައްސަސާތައް ގުޅިގެން މަަސައްކަތް ކުރާނެ ގޮތާއި އެކި ފަރާތްތަކުގެ ދައުރާއި ކުށްމަދު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އަވައްޓެރި ފުލުހުންގެ ހިދުމަތުގައި، ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، އަތޮޅުތެރޭގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް، އަވައްޓެރި ފުލުހުންގެ މަސައްކަތާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށާއި، އަވައްޓެރި ފުލުހުންގެ މަސައްކަތް ކުރެވެމުންދަނީ އެ މަސައްކަތަށް ހާއްސަކޮށް ތައްޔާރު ކުރެވިފައިވާ ސޮފްޓްވެއަރ އެއް ބޭނުންކޮށްގެން ކަމަށެވެ.

މި މޮޑެލް އަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު މާލޭ އޭރިއާގައި އަދި 2019 ގައި އައްޑޫ ފުވައްމުލަކުގައި ޕައިލެޓް ކުރުމަށްފަހު 2019 މާރިޗު 29 ވަނަ ދުވަހު އިފްތިތާހު ކުރެވުނު ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގެ ޕްރައިރިޓީ އެއްގައި ހިމެނޭ ޕްރޮޖެކްޓެއްގައި ހިމަނާ، ސީދާ ދިވެހިރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ މޮޑެލްއެއް ކަމަށް ފުލުހުން ބުނެއެވެ.

މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެލެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ރަޝްވާން އާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ރަޝީދުއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި