މާލޭ ގެއެއްގެ ތަޅުން ދަށުގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ނާކޮޓިސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލައި ފާސްކުރަނިކޮށް އެގޭގެ ތަޅުން ދަށުފައި ފޮރުވާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.

ސީޕީ އިތުރަށް ވިދާޅުވީ، އެއޮޕަރޭޝަނުގައި ފުލުހުން ހޯދާފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޯއިން އެވެ.

ފުލުހުން މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިމަސައްލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަަށް ފުލުހުން ވިދާޅުވެއެވެ.