މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުންގެ ބެލުމުގެ ދަށަށް ނަރީޝް ގެންގޮސްފައިވަނީ ޕީޕީއެމް އޮފީސް ކައިރީގައި ހުންނަވަނިކޮށެވެ. ނަރީޝް ހައްޔަރުކޮށްފައިވަނީ، މުޒާހަރާ ފެށުމުގެ ކުރިންނެވެ. ނަރީޝް ހައްޔަރުކުރި ވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އިދިކޮޅުން މިއަދު ބާއްވަން ނިންމާފައިވާ މުޒާހަރާ ފެށުމުގެ ގާތްގަނޑަކަށް ތިން ގަޑިއިރު ކުރިން ފުލުހުން ވަނީ، ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދު ކޮށްފައެވެ. އަދި މައުލޫމާތު ލިބޭގޮތުގައި ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރީގައިވެސް ފުލުހުން މިހާރު ގެންދަނީ ހަރަކާތްތެރިވަމުންނެވެ.
މުޒާހަރާ ފެށުމުގެ ގާތްގަނޑަކަށް ތިން ގަޑިއިރު ކުރިން ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ނިކުމެ ބަންދު ކުރުމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފި. ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރައީސް ސޯލިހް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަޅާ ހުރަހެއް ކަމަށް. ސައީދުގެ ޓްވީޓްގައި އިނގިރޭސިވިލާތާއި، އެމެރިކާ އާއި އޮސްޓްރޭލިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ތިބި ސަފީރުންނާއި ރައީސް ނަޝީދު އަދި ޓްރާންސްޕޭރެންސީ ވެސް ޓެގް ކުރައްވާފައިވޭ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.