1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާހެފުމުގެ ފޯރި އިބްނަމޯގަ މިފަހަރު ވަރަށް ތަފާތު

photo6201994022113882052
މުހައްމަދު އަޚްތަރު
611ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރޯދަ އަށް މާހެފުން ހެފުމަށް މޫދަށް ގޮސް މަޖާ ނެގުމަކީ ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވަރަށް ފޯރީގައި ކުރާ ކަމެކެވެ. އެއީ ޒަމާނުއްސުރެ ކުރަމުން އަންނަ ސަގާފަތެކެވެ. މާހެފުން ހެފުމުގައި އޮންނަ ފޯރި މިވަނީ ޒަމާނަށް ފެތެމުންނެވެ. ރޯދަ މަސް ފެށޭ އިރު ކޮންމެ މީހަކު އޮންނަނީ އެތައް ގޮތަކުން އެތައް މާހެފުންތަކެއްގައި ބައިވެރިވެފައެވެ. ރަޙުމަތްތެރިން އެކުގައި ދަރު, އާއިލީ މީހުންނާ އެކު މޫދަށް, ގޭގޭގައި އެއްވެ ޕާޓީ ހެދުން، އޮފީސް ކުދިން ނުވަތަ މުޅި އޮފީސް އެއްކޮށް ރެސްޓޯރެންޓަކަށް ދިޔުންމާއި އެތައް ކަމެއްގައެވެ.

ތިނަދޫ ގައި ވަރަށް ފަހުން ހުޅުވި ހިތްގައިމު ރެސްޓޯރެންޓެއް ކަމަށްވާ އިިބްނަމޯ އިން މި އަހަރުގެ މާހެފުން ކުރިއަށް ގެންދަން އޮތީ ވަރަށް ތަފާތު 3 ޕެކޭޖަކަށް ބައިކޮށް މުޅިން ދިވެހިރަހަ ތަކުގައެވެ. ވަކި ވަރަކަށް މީހުން ދިއުމުން ބޮޑު ޑިސްކައުންޓެއް ވެސް ވަނީ ދޭން ނިންމާފަވެ. 3 ޕެކް ގައި ވަނީ ޒަމާނުއްސުރެ ދިވެހިން ބޭނުން ކުރަމުން އަންނަ ދިވެހި ބާވަތްތަކެވެ. އެއް ޕެކޭޖް އަނެއް ޕެކޭޖާ ވަރަށް ތަފާތެވެ.

photo6201994022113882054

300 × 250

އަންނަ އެޕްރީލް 1 ގައި ކުރިޔަށް ގެންދިއުމަށް އިބްނަމޯ އިން ކުރިޔަށް ގެންދާ މާހެފުން 2022 ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. ނަން ނޯޓް ކޮށްގެން އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މާހެފުން ކުރިޔަށް ދާނީ އެ ރެސްޓޯރެންޓްގައެވެ.

photo6201994022113882055

ތިނަދޫ އިބްނަމޯ ރެސްޓޯރެންޓް ގެ ޕެކޭޖް އަގުތަކަށް ބަލާއިރު އަގު އުޅެނީ ވަރަށް ކުޑަކޮށްކަން ފާހަގަވެއެވެ. ކޮންމެ ޕެކޭޖެއްގެ އަގަކީ އެންމެ 99/- އެވެ. މި ޕެކޭޖް ގައި ބައިވެރިވާއިރު 5 ޕެކޭޖަށް ވުރެ ގިނައިން ނަގާ ނަމަ 5% އަދި 10 ޕެކޭޖަށް ވުރެ ގިނަ ވެއްޖެ ނަމަ %10 ގެ ޑިސްކައުންޓެއް ދިނުމުގެ ވަނީ ހަމަޖެހިފައެއެވެ. އަދި 4 ޕެކޭޖަށް ވުރެ ގިނައިން ޕެކޭޖް ނަގާނަމަ 7370007 އަށް ގުޅާ 1 ދުވަސް ކުރިން އޯޑަރު ދެން ޖެހެއެވެ. އިބްނަމޯ މާހެފުމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުން ކަމަށް އެ ރެސްޓޯރެންޓުން ހާމަކުރެއެވެ.

photo6201994022113882053

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި