މޯލްޑިވްސް ބޯޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބޭއްވި "ބުރުނު ޝިކާރަ" ބޮޑީ ބޯޑިން މުބާރާތުގައި އިނާމު ދިނީ ރަނގަޅަކަށް ނޫން ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި މަހުލޫފް ވިދާޅުވީ އެމްބީބީ އިން ބޭއްވި ބޮޑީ ބޯޑިން މުބާރާތުގައި ދެ ޖިންސު ތަފާތުކޮށް އިނާމު ދިނުން ކުރިއަށް ގެންގޮސްފައިވާ އިރު، އެކަން އެގޮތަށް ކުރިއަށް ގެންދިޔައީ އެންމެ ރަނގަޅު ގޮތަށް ނޫން ކަމަށާއި ރަނގަޅުކުރަންޖެހޭ ބައިވަރު ކަންތައް އެބަހުރިކަމަށެވެ.
މަހުލޫފް ވިދާޅުވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އިނާމު ދިނުމައި ދެ ޖިންސުގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅެން ހުރިހާ އެސޯސިއޭޝަންތަކަށް އަންގާފައި ވާނެ ކަމަށާއި އެހެންނަމަވެސް އެބްބީބީއޭ އިން އިނާމް ދިނުމުގައި ދެޖިންސު ތަފާތުކޮށްފައިވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.