1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ކަލާސް އެވޯޑްގެ 8 އެވޯޑާއެކު ތިނަދޫ އެތުލެޓިކްސް ޓީމް  ޤައުމީ ކުޅިވަރުގެ އެންމެ ކުރީ ސަފަށް

793D195E-4108-49B6-8566-E6C087FBF048
ތިނަދޫ އެތުލެޓިކްސް ޓީމު ކަލާސް އެވޯޑް"ގް2019 2020 ގެ ކާމިޔާބަށް ފަހު ކޯޗު ރައުހަތު އާއި އެކު ފޮޓޯ އަކަށް އެތުރިގެން. ފޮޓޯ : ހުވަދޫ މީޑިއާ.
މުހައްމަދު އަޚްތަރު
1,020ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިނިސްޓަރީ އޮފް އެޑިއުކޭޝަން އިން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ކުޅިވަރު އެވޯޑް ކަމަށްވާ "ކަލާސް އެވޯޑް"ގެ  ރަން ވަނަ ތަކާއެކު ތިނަދޫ އެތުލެޓިކްސް ޓީމް ކުޅިވަރުގެ އެންމެ ކުރީ ސަފުގައި ސާބިތު ވެއްޖެއެވެ.

ރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވި ކަލާސް އެވޯޑް 2019 އަދި 2020 ގެ އެވޯޑް ޙަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގައި ތިނަދޫ އެތުލެޓިކްސް ޓީމް ވަނީ 8 އެވޯޑް ޙާސިލް ކޮށްފައެވެ.

ކަލާސް އެވޯޑް ގެ އެވޯޑް ހޯދި އެތުލީޓުން:

300 × 250
  1. ޙުސައިން ޚުއްސާން ޚާލިދް - ރަނަރސް އެވޯޑް (އަންޑަރ 14)
  2. އަބްދުﷲ ފައުޒާން މުހައްމަދު - ރަނަރސް އެވޯޑް (އަންޑަރ 14)
  3. އިބްރާހިމް ނާހިލް ނިޒާރް - ސްޕެޝަލް އެވޯޑް (އަންޑަރ 14)
  4. އިބްރާހިމް ރާފިލް ވާފިރް - ވިނަރސް އެވޯޑް (އަންޑަރ 16)
  5. އިބްރާހިމް އިފާޒް - ރަނަރސް އެވޯޑް (އަންޑަރ 16)
  6. އަހްމަދު ހޫދު ޙަސަން - ސްޕެޝަލް އެވޯޑް (އަންޑަރ 16)
  7. މުހައްމަދު އައިހަމް އަޖްވަދް - ސްޕެޝަލް އެވޯޑް (އަންޑަރ 14)
  8. ސަމްހާ މުހައްމަދު - ރަނަރސް އެވޯޑް (އަންޑަރ 14)

ރާއްޖޭގެ ޤައުމީ ލެވެލްގައި ކުޅޭ ހުރިހާ ކުޅިވަރަކުން މި އެވޯޑް ދިން އިރު ތިނަދޫ އަށް އެވޯޑް ލިބިފައިވަނީ ހަމަ އެކަނި އެތުލެޓިކްސް އިންނެވެ.

މީގެ ކުރިން ބޭއްވި ކަލާސް އެވޯޑް ތަކުގައިވެސް ގިނަ އެވޯޑް ތައް 2 ފަހަރެއްގެ މަތިން ހޯދާފައިވާ ތިނަދޫ އެތުލެޓިކްސް ޓީމް ތާރީޚީ އަދި ފަޚުރުވެރި ވަނައެއް މިރޭ ޙާސިލް ކުރި އިރު ރާއްޖޭގެ ޤައުމީ އެތުލެޓިކްސް ޓީމުގައި ތިނަދޫ ގެ 2 އެތުލީޓުން ވަނީ ހިމެނިފައެވެ.

ރައުހަތު ސްޕޯޓްސް އަދި މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ތިނަދޫގައި ހިނގާ ޕޫލްގައި ފަރިތަކުރުންތައް ކުރިޔަށް ގެންދާ ގިނަ އެތުލީޓުން ކޮންމެ އަހަރަކުވެސް ދަނީ ގިނަ އެވޯޑް ތަކެއް ހޯދަމުން ކަން ފާހަގަ ކުރެވެއެވެ.

ތިނަދޫ އެތުލެޓިކްސް ޓީމް ރޭ ހޯދި ކާމިޔާބީ އާއި ގުޅިގެން "ހުވަދޫ ނިއުސް" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަން ތިނަދޫ ރީޖަންގެ ކޯޗް އަދި ރައުހަތު ސްޕޯޓްސް ގެ ރައީސް ހުސައިން ރައުހަތު ޤުދުރަތުﷲ ބުނީ މިރޭ ލިބުނު ކާމިޔާބީ އަކީ މުޅި ހުވަދު އަތޮޅު ފަޚުރުވެރިވާ ބޮޑު ކާމިޔާބީ އެއް ކަމަށާއި މިއީ އެ ކުދިންނާއި ކުދިންގެ ބެލެނިވެރިނާއި ސްކޫލް ތަކާއި ކައުންސިލުން ދިން ބޮޑު އެއްބާރުލުމުގެ ނަތީޖާ ކަމަށެވެ.

"މިހާރުވެސް އަޅުގަނޑު މެންގެ 2 އެތުލީޓުން ކަމަށްވާ ޢިބާދުﷲ އާދަމް އާއި ނާހިލް ނިޒާރް ނޭޝަނަލް ޓީމުގައި އެބަތިބި. ނާހިލް ތަމްރީނު ކުރިއަށް ގެންދަނީ ތިނަދޫގައި. ޢިބާދުﷲ މާލޭގައި"  ރައުހަތު ބުންޏެވެ. 

އިތުރަށް ވާހަކަ ދައްކަން ރައުހަތު ބުނީ  4 ގުނަ 100 މީޓަރ ގައި ވާދަ ކުރާ ޤައުމީ ޓީމު ނަގާއިރުވެސް ތިނަދޫގެ އެތުލީޓަކު ހިމެނޭނެ ކަމުގައެވެ.

 ރާއްޖޭގެ އެކިއެކި ކަންކޮޅު ތަކުގައި އެތުލެޓިކްސް ތައާރަފްކޮށް ކުރިއަރުވަން އަމިއްލަ ޖަމްޢިއްޔާ އަކުން އިސްނަގައި މަސައްކަތް ކުރަމުން ދާއިރު މި ކަމުގައި ވަރަށް ގިނަ އުނދަގޫ ތަކާ ހުރަސްތަކެއް ކުރިމަތިވަމުން ދާކަމުގައި ރައުހަތު ފާހަގަ ކުރިއެވެ. އެގޮތުން ތިނަދޫ ސްޓޭޑިއަމް ގެ ޖިމް މަރާމާތަށް ބަންދު ކޮށްފައި ހުންނަތާ 2 އަހަރާ ގާތް ވެއްޖެ ކަމަށާއި  ދުވާ ޓުރެކް ގައި ލޭން ތަކެއް ނެތްކަން އޭނާ ފާހަގަ ކުރިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި