1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގައްދޫ ޕޮލީޓެކްނިކްގެ ކޯސްތަކާ ތަމްރީންތައް ރަނގަޅަށް ކުރިޔަށް ނުގެންދެވެނީ އިމާރާތް އަޕްގްރޭޑް ކުރަން އުޅޭތީ

1422CFFF-ED21-430D-B8E9-D34287C7AC5C
މުހައްމަދު އަޚްތަރު
965ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ހަޔަރ އެޑިއުކޭޝަން އިން ގައްދޫ ގައި ހިނގާ ޕޮލީޓެކްނިކް ގެ ކޯސްތަކާ ތަމްރީންތައް ރަނގަޅަށް ކުރިޔަށް ނުގެންދެވެނީ ކެމްޕަސް އިމާރާތް އަޕްގްރޭޑް ކުރަން އުޅޭތީކަމަށް އެކެމްޕަސްއިން ހާމަކޮށްފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުންގައްދޫ ޕޮލީޓެކްނިކް ގެ އެޑްމިން އޮފިސަރ ޢާއިޝަތު އިބްރާހީމް ވިދާޅުވީ ގައްދޫ ޕޮލީޓެކްނިކް ކެމްޕަސް ހިނގަނީ ކުރިން އަތޮޅު މަދަރުސާ ހިންގި އިމާރާތުގައި ކަމަށާއި އެތަނަކީ ވަރަށް ބާ އިމާރާތެއް ކަމަށް ވުމުން ވަރަށް ގިނަ ދަތިތައް އެބަހުރި ކަމަށެވެ. އެގޮތުން ތަމްރީނު ދިނުމަށް ބޭނުންވާ އާލާތްތައް ގެންގުޅުމާ ބެލެހެއްޓުމާ ރަނގަޅު ފެންވަރުގެ ކްލާސްތައް ނެތުމާއި ކަރަންޓައި އެހެނިހެން މައްސަލަތައް ވެސް ވަރަށް ގިނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

F949EB8F-F586-4A29-9CCA-14727A758FF5އިތުރަށް މައުލޫމާތު ދެއްވަމުން އައިޝަތު ވިދާޅުވީ ގައްދޫ ޕޮލީޓެކްނިކްގެ މިހާރުގެ އިމާރާތް މަރާމާތް ކުރުމަށް މާލެއިން ބަޔަކު އައިސް ސަރވޭ ކޮށްފައިވާ ކަމަށާއި ލަސްތަކެއްނުވެ އިމާރާތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާނެކަމަށް ޔަޤީންވާ ކަމަށެވެ.

300 × 250

" މިހާރުވެސް 2 ކޯހެއް މިތަނުގައި އެބަ ހިނގާ. އެއް ކޯހުގައި 12 އަދި އަނެއް ކޯގުގައި 17 ފަރާތަކުން ވަނީ ބައިވެރިވެފައި. ކުރިން ކޯސް ތައް ނުހިނގައި މަޑުޖެހިފައި ހުރީ ކޮވިޑް-19 ގެ ޙާލަތު ދިމާވެގެން"  އައިޝަތު ވިދާޅުވިއެވެ.

ހުވަދޫ ނޫހުން ގައްދޫ ޕޮލީޓެކްނިކް ހިންގާ އިމާރާތްތަކަށް ވަދެ ބަލާލި އިރު އެތަނަކީ މީގެ 30 ވަރަކަށް އަހަރު ކުރިން ޖަޕާން ސަރުކާރުގެ އެހީގައި މުޅި ރާއްޖޭގައި އެޅި އިމާރާތް ތަކުގެ ތެރެއިން ތަނެކެވެ. ހުރިހާ ތަނެއްވެސް ހުރީ ވަރަށް ބޮޑަށް ހަލާކުވެ ޤަދީމީ ތަނެއްހެން ސިފަވާ ޙާލަތު ފައެވެ. އެތަނަކީ އާބާތުރަ ފިލުވައި މަރާމާތް ކުށްގެން ހިނގޭނެ ތަނަކަށްވުރެ ބާ އިމާރާތެކެވެ.

މޯލްޑިވްސް ހަޔަރ އެޑިއުކޭޝަންގެ ގައްދޫ ޕޮލީޓެކްނިކް ކެމްޕަސް އަކީ ޓެކްނިކަލް ދާއިރާއިން މީހުން ބިނާ ކުރުމަށް މީގެ 2 އަހަރު ކުރިން ހުވަދު އަތޮޅު ގައްދޫގައި ސަރުކާރުން ހުޅުވި ތަނެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި