1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ލަންކާގައި ކާފިއު އިއުލާނުކޮށްފި

129009_SRILANKA_AFP_220402_1648898325731
އައިޝަތު ޝިރުފާ
508ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސްރީލަންކާގައި ހިންގި މުޒާހަރާތަކާއި ގުޅިގެން އެގައުމުގައި ކާފިއު އިއުލާންކޮށްފިއެވެ.

ލަންކާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ކާފިއު ހިންގުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 6 އިން ހޯމަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް ކަމަށެވެ.

ލަންކާގައި ކާފިއު އިއުލާންކޮށްފައި ވަނީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ގެކޮޅު ކައިރީގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިންގި ހަމަނުޖެހުތަކަކާއި ގުޅިގެންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ރާޖަޕަކްސަގެ ގެކޮޅު ކައިރީގައި އާންމުންގެ ބަޔަކު ކުރި މުޒާހަރާގައި ވަނީ އެސަރަޙައްދުގައި ހުރި ބައެއް ވެހިކަލްތަކުގައި ރޯކޮށްލައިފައެވެ.

300 × 250

އެ ހަމަނުޖެހުންތަކާ ގުޅިގެން ލަންކާގެ ބައެއް ހިސާބުތަކުގައި ކާފިއު ވެސް އިއުލާންކުރިއެވެ. އެހެން ނަމަވެސް ފަހުން ކާފިއު ހިންގި ސަރަޙައްދުތަކުގައި ވަނީ ކާފިއު އުވާލައިފައެވެ.

ސްރީލަންކާގެރައީސްގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ރައްޔިތުންނަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ޒަރޫރީ ބޭނުންތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

ސްރީލަންކާގައި ހަމަނުޖެހުން ހިންގަން ފަށާފައިވަނީ އެގައުމަށް ތެލާއި ގޭސް ލިބުމަށް ދަތިތަކާއި ކުރިމަތިވެފައިވާތީ، އެގައުމުގައި ގިނަ ވަގުތުތަކުގައި ކަރަންޓު ކަނޑާލުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި