ގދ ތިނަދޫގައި އަޟުހާ ޢީދު ނަމާދު ކުރި އެއްމިސްކިތް ކަމުގައިވާ މަސްޖިދުލް މަރްޔަމް އަށް ޢީދު ނަމާދަށް ދިޔަ ފަރާތެއް ކޮވިޑް19 އަށް ފައްސިވެފައި ވުމާއެކު އެމިސްކިތަށް ޢީދު ނަމާދަށް ގޮސްފައިވާ ފަރާތްތަކުގެ ރެންޑަމް ސާމްޕަލް ނަގައި ކޮވިޑް19 އަށް ޓެސްޓުކުރުމަށް ވަނީ ނިންމާފައެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ފަރާތުން މަޢުލޫމާތު ލިބފައިވާ ގޮތުގައި، މަސްޖިދުލް މަރްޔަމް މިސްކިތުގައި އަޟްޙާ އީދުނަމާދުގައި ބައިވެރިވެފައިވާ ފަރާތެއް ވަނީ ކޮވިޑް 19އަށް ފައްސިވެފައެވެ.
ކޮމިއުނިޓީ އައުޓް ބްރޭކެއްގެ ފުރުޞަތު އޮތުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މަރްޔަމް މިސްކިތަށްދިޔަ އެންމެހާ ފަރާތްތަކުގެ ސާމްޕަލް ނެގުމަށް މިހާރު ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.