އީދު ނަމާދުގެ ޚުޠުބާ ކުރިޔަށް ދަނިކޮށް މިސްކިތަށް އަރައި ވައްތަރު ޖައްސާ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވާން ފަށާފައެވެ.

ހުވަދޫ ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ ތިނަދޫގައި ފާއިތުވީ ޢީދު ދުވަހު މަސްޖިދުލް މަރްޔަމްގައި ޢީދު ނަމާދުގެ ޚުޠުބާ ކިޔަމުން ދިޔަ ވަގުތުގައި ހިގާފައިވާ ހާދިސާއެކެވެ. މިވީޑިއޯގައި ފެންނަގޮތުން އަންހެނަކު ކުޑަ އަންހެން ކުއްޖެއް ގޮވައިގެން މިސްކިތަށްވަދެ އަޑުގަދަކޮށް ޚުޠުބާ ކިޔަން ހުރި ފަރާތާއި ހަމަޔަށް ދާ މަންޒަރުވެސް ފެނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި،  ކޮވިޑް19 އަށް ފައްސިވެފައިވަނީ، މިއަންމީހާއާއި އެއްކޮށް މިސްކިތަށް ގޮސްފައިވާ ކުއްޖާއެވެ.

މިއަންހެން މީހާ އަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިހިގި ހާދިސާއާއި ގުޅިގެން އިދު ނަމާދަށް މަސްޖިދުލް މަރިޔަމްއަށް ގޮސްގައިވާ އެންމެން ކޮވިޑް19އަށް ޓެސްޓުކުރުމަށް ސާމްޕަލް ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ޢިލްތިމާސް ކޮށްފައެވެ.