ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވީ މީހުންގެ 177000 އިން މައްޗަށް އަރައިފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާއްމުކޮށްފައިވާ ކޮވިޑްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 27 އިން މިމަހުގެ 2ގެ ނިޔަލަށް ރާއްޖެއިން 665 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އޭގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 72 މީހަކާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 481 މީހެކެވެ. މިއާއި ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން ވަނީ 298 މީހަކު ނިޔާވެފައެވެ.
ރާއްޖެއިން މިހާތަނަށް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދަށް ބަލާލާއިރު، 27 މާރޗް އިން އޭޕްރީލް މަހުގެ ދެވަނަ ދުވަހާއި ހަމައަށް އެޗްޕީއޭއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 156،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ބޫސްޓާރ ޑޯޒް ޖަހައިފައެވެ.
ދިވެހިރާއްޖޭގައި ފެށި ވެކްސިންދިނުމުގެ ކެމްޕެއިންގައި ޖަހަމުންދަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ، އެޤައުމުގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނާއި، ޗައިނާގެ ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒަރ ވެކްސިނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.