ގދ. ނަޑެއްލާ އަދި ގއ ކަނޑުހުޅުދޫ ހިމެނޭ ގޮތަށް 8 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ މި އެމްބިއުލާންސްތައް ފޮނުވަން ހަމަޖެހިފައި ވަނީ އއ. ރަސްދޫ، އދ. ދިގުރަށް، ތ. ވިލުފުށި، ގއ. ކަނޑުހުޅުދޫ، ޏ. ފުވައްމުލަށް، ސ. ހިތަދޫ، ގދ. ނަޑެއްލާ އަދި ކ. ގުރައިދޫއަށް ކަމަށެވެ.
ރަށްރަށަށް އެމްބިއުލާންސް ފޮނުވަން ތައްޔާރުވަމުންދާ އިރު މިއީ މިދިޔަ އަހަރުގެ ޖޫން މަހު އެސްޓީއޯއާއެކު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން ގެނައި ތިންވަނަ ޝިޕްމަންޓްގެ އެމްބިއުލާންސްތަކެވެ. އެސްޓީއޯއާއެކު 96 އެމްބިއުލާންސް ގެންނަން ވަނީ ހެލްތު މިނިސްޓްރީން ވަނީ ސޮއިކޮށްފައެވެ.
ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން ފުރަތަމަ 20 އެމްބިއުލާންސް ޝިޕްމަންޓް ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ދެވަނަ ޝިޕްމަންޓް މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ގެނެސްފައިވާއިރު ތިންވަނަ ޝިފްމަންޓް ރާއްޖެ ގެނެސްފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.