1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިފްކޯއިން މަސްކިރުން ކޮންޓްރޯލް ކޮށްފި, ދޯންނަކުން ދެން ކިރާނީ 5 ޓަނުގެ މަސް

big_q9v23fiV1siPoDawbcYidlZOv
ސާއި ޢަލީ
916ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދެކުނަށް މަސްވެރިކަން ރަނގަޅުވެ، އެއްފަހަރާއި ގިނަ އަދަދެއްގެ ދޯނިތައް މަސް ކިރުވަން އަންނަމުންދާތީ، މިފްކޯގެ ދެކުނުގެ ސެންޓަރުތަކަށް މަސް ކިރާ މިންވަރު ކޮންޓްރޯލް ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މިފްކޯއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާއި ޚިލާފަށް ރަނގަޅުވެ އެއްފަހަރާ ގިނަދޯނިފަހަރުތަކެއް ދެކުނުގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާތީ، މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެން އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

މިފްކޯއިން ހަމަކޮށްފައިވާ ގޮތުގައި މިމަހުގެ 4 ވަނަ ދުވަހުގައި 770 ޓަނު މަސް އަދި 5 ވަނަ ދުވަހު 620 ޓަނު މަސް ކިރުވުމަށް ސެންޓަރުތަކަށް އައިސްފައިވާ ކަމަށެވެ. އަދި އެވްރެޖްކޮށް ދޯންޏަކުން 12 ޓަނުގެ މަސް ބާނަމުން ދާއިރު ބޮޑެތި ދޯނިފަހަރުތަކުން 25 ޓަނާއި 60 ޓަނާއި ދޭތެރޭގެ ޢަދަދުތަކުން މަސްބާނާފައި ހުރި ކަމަށް މިފްކޯއިން ހާމަކުރެއެެވެ.

300 × 250

މިފްކޯއިން ބުނީ މިމަހުގެ 4 ވަނަ ދުވަހު ކިއުއަށް އަރާފައިވާ ހުރިހާ ދޯންޏެއްގެ މަސް މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކިރައި ނިމިފައިވާ ކަމަށެވެ. އަދި މިމަހުގެ 6 ވަނަ ދުވަސް ފެށުނު އިރު ކިޔުގައި 510 ޓަނުގެ މަސް ހުރި ކަމަށާއި، މިފްކޯގެ ދެކުނުގެ ފްރީޒިން ކެޕޭސިޓއަކީ ދުވާލަކަށް 420 ޓަނުގެ ކަމަށެވެ.

މިފްކޯއިން ބުނީ ދެކުނުގެ މަސްގަންނަ ފްލީޓާއިގުޅުމަށް ދުވާލަކު 100 ޓަނުގެ މަސްގަނެވޭ، ޖަޒީރާ 102 ދެކުނުން ގަނެގެންދިޔަ މަސް ފެލިވަރަށް ހުސްކުރުމަށްފަހު ފުރައިގެން މިމަހުގެ 7މވަނަ ދުވަހުގެ ހެނދުނު ކޫއްޑޫ ބަނދަރަށް ދެވޭނެ ކަމަށެވެ.

މި ހާލަތުގައި ދޯނިފަހަރު ކިއުގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލިޓީގައި މަސް ގަނެ ބަހައްޓަން ބޭނުންވާތީ، މިމަހުގެ 5 ވަނަ ދުވަހު ކިއުއަށް އަރާފައިވާ ދޯނިފަހަރުގެ މަސް، ކިރުމުގެ މަސައްކަތް މިފްކޯއިން ދަނީ ކުރަމުންނެވެ.

މިހާރު ކިއުގައި ހުރި ދޯނިފަހަރުގެ މަސްކިރައި، ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ، މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ކިއުގައި ހުރި ދޯނިފަހަރުގެ މަސް މެނޭޖްކުރެވެންދެން ދޯންޏަކުން 5 ޓަނުގެ މަސް ކިރާ ގޮތަށް މިފްކޯއިންވަނީ ނިންމާފައެވެ.

މިގޮތަށް ހަމަޖެއްސި ކަމުގައި ވީނަމަވެސް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ކިއު ނަމްބަރު ދެވިފައިހުރި ދޯނިފަހަރު މަސްކިރައި ނިމެންދެން ކޮންޓްރޯލް ނެތި ކުރިއަށް ގެންދެވޭނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

އަދި ކޯލްޑް ސްޓޯރުތައް ފުރެމުން އަންނާތީ ޖާގަހެދުމުގެ ގޮތުން މެދުކެނޑުމެއްނެތި ކެރިއަރ ބޯޓުތައް ގެނެސް ލޯޑުކޮށް އެކްސްޕޯޓު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންކަމަށް މިފްކޯއިން ހާމަކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި