އައުޓްރިގާ ކޮނޮންޓާ ރިސޯޓް އިން ކުއްލި ގޮތަކަށް ބިދޭސީއަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ, އެ ރިސޯޓުގައި މަސައްކަތް ކުރާ އުމުރުން 38 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ, އެ މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.
ރިސޯޓުން އޭނާ އާއި ހަވާލުވެގެން ތިނަދޫ އަށް އައި ޑޮކްޓަރ އާއި ހަވާލާދީ އެ ހޮސްޕިޓަލުން ވިދާޅުވީ, އޭނާ މިއަދު ހަވީރު މޭގަނޑުގައި ރިއްސާތީ ބޭސް ބޭނުންކޮށްފައިވާ ކަމަށެވެ. އޭނާ ތިނަދޫ އަށް ގެނައުމަށް ލޯންޗަށް އެރުވުމަށް ފަހު ހޮނޑުލެވުނު ކަމަށާއި, އަދި ލޯންޗްތެރޭ ކުއްލިއަކަށް ޚަބަރު ހުސްވި ކަމަށެވެ. އެހެން ނަމަވެސް އެވަގުތު ލޯންޗުގައި ތިބި އެއްވެސް މީހަކަށް އޭނާ މަރުވި ކަމެއް އެނގިފައި ނުވާކަމަށްވެސް ޑރ.އޭއެސްއެމްއެޗް އިން ވަނީ ހުވަދޫ ނިއުސް އަށް މަޢުލޫމާތު ދީފައެވެ.
ހޮސްޕިޓަލުން މިހާރު ގެންދަނީ އެމީހާގެ ހަށިގަނޑު ރިސޯޓާއި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ޑރ އޭއެސްއެމްއެޗް ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ.







ޚިޔާލު (2)
އޭނާއާއި ހަވާލުވެގެން ތިނަދުއަށް އައި ޑޮކްޓަރަށް އޭނާ ހަބަރު ހުސްވުމުން ކުރާނެކަމެއް ނޭގުނީމާ ބުނާނެ އެއްޗެއް ނެތް
މޭގަނޑުގަ ނުއެއްރިއްސާނެ. ރިއްސާނީ މޭމަތީގަ.