މާލޭ ހުކުރު މިސްކިތަށް އަރައި ބިދޭސީ އަންހެނަކު ތަފާތު އަޅުކަމެއް ކޮށްފިއެވެ.
މީސް މީޑިޔާގައި ދައުރުވާ ވީޑިއޯއެއްގައި ފެންނަނީ އަންހެން މީހާ "މެޑިޓޭޝާން" ގައި އިންނަ މަންޒަރެވެ. އެއީ ޔޯގާ ކަސްރަތު ކުރާ މީހުން ވެސް އިށީނދެގެން ތިބޭ ގޮތެކެވެ. ވީޑިއޯ އާންމު ކުރި ބައެއް ފޭސްބުކް ޕޭޖްތަކުގައި ވެސް ބުނެފައި ވަނީ މި އަންހެން މީހާ އިނީ ޔޯގާ ކަސްރަތު ކުރަން ކަމަށެވެ. ނަމަވެސް ވީޑިއޯ އިން ފެންނަ އަންހެން މީހާ އިނީ ޔޯގާ ކަސްރަތަށް ވުރެ ބޮޑަށް އަޅުކަމެއްގައި ކަމަށް ފާހަގަ ކުރެވެއެވެ.
މާލޭ ހުކުރު މިސްކިތުގައި ނަމާދު ކުރުމުގެ ހުއްދަދެވިފައި އޮންނަނީ ވެސް ހަމައެކަނި ފިރިހެނުންނަށެވެ. ހުކުރު މިސްކިތަށް އަރާ އިން އަންހެން މީހާއާ ބެހޭ ގޮތުން އެއްވެސް އިދާރާއަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މި ވީޑިއޯއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހދ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައި، "ރައްޔިތުން ނިކުމެ ތަޅާމާރައިގެން ވެސް މިކަން މިހާރުން މިހާރަށްވެސް ހުއްޓުވަން ޖެހޭ. ނޫނީ މާދުރުނޫން މުސްތަގުބަލެއްގައި މިސްކިތުގެ ބަދަލުގައި ފައްޅިތައް ފެންނަން ފަށާނެ" ކަމަށް ވިދާޅުވެ ޕޮލިހާއި އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ ޓެގްކުރައްވައި ޓްވީޓް ކުރައްވާފައެވެ.
https://twitter.com/MNA_MosTaaA/status/1417947624791969792?s=20
މިފަހަކަށް އައިސް މިސްކިތްތަކުގެ އިހްތިރާމް ކުޑަވާ އެތައް ކަމެއް މިސްކިތްތަކުގެ ތެރޭގައި ހިނގަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން މަސްތުގެ ހާލުގައި ތިބޭ ދިވެހި ފިރިހެނުން މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ފޮރުވަން ހަތީމުގެ ތެރެއަށް ލުމާއި، މިސްކިތްތެރޭގައި ނިދާ ހެދުން އެތައްް ފަހަރަކު ވަނީ ފާހަގަ ވެ ފިޔަވަޅު އަޅާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.