1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދެއަހަރުގެ މެދުކެނޑުމަށްފަހު ބައިބަލާ މުބާރާތް ބާއްވަނީ

FP1jhBPagAArCf0
ޢަޒީޒާ އަފީފް
479ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެހެން އަހަރުތަކެކޭވެސް އެއްފަދައިން ބައިބަލާ މުބާރާތް މިއަހަރުވެސް ބާއްވާނެ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެފިއެވެ.

ބައިބަލާ އެސޯސިއޭޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން އެއެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް ފިތުރު އީދާއި ގުޅުވައިގެން ބައިބަލާ މުބާރާތެއް އަންނަނީ ބާއްވަމުުންނެވެ. އެހެންނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މިމުބާރާތް ފާއިތުވީ ދެއަހަރު ނުބާއްވައެވެ.

https://twitter.com/BaibalaaaMv/status/1512474476268888068?s=20&t=YesOWXKdyrTeDeWaBHOTYw

300 × 250

ދެއަހަރުގެ މެދުކެނޑުމަށް ފަހު ބައިބަލާ މުބާރާތް މިއަހަރު ބާއްވާނެ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ވަނީ އިއުލާންކޮށްފައެވެ. އެހެންނަމަވެސް މިމުބާރާތާއި ބެހޭ އިތުރު މައުލޫމާތުތައް އަދި ހާމަކޮށްފައި ނުވެއެވެ.

މިއަހަރުގެ މުބާރާތުގައިވެސް ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

މިއަހަރުގެ ބައިބަލާ މުބާރާތައްވެސް އެހެން އަހަރު ތަކެކޭ އެއްފަދައިން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށާއި، ހާއްސަކޮށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެއެވެ.

ބައިބަލާ މުބާރަތަކީ ދިވެހި ރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކޮންމެ ރޯދަ މަހެއްގެ ތެރޭގައި ގެނެސްދޭންފެށި މުބާރާތެކެވެ. ދިވެހި ރާއްޖޭގެ އަޑަށް ފަހު މި މުބާރާތް ބޭއްވީ ޔޫތް މިނިސްޓްރީގެ އިސްނެގުމުގެ މަތިންނެވެ. އަދި އެއަށްފަހު ޔޫތް މިނިސްޓްރީން ބައިބަލާ އެސޯސިއޭޝަނުގެ ނަމުގާ ހާއްސަ އެސޯސިއޭޝަނެއް އުފައްދާ ބައިބަލާ މުބާރަތްތައް އިންތިޒާމް ކުރުމާ ހިންގުން އެ އެސޯސިއޭޝަނާ ހަވާލު ކުރިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި