1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފިޝަރީޒް މިނިސްޓަރ ޑްރާމާ ކުޅުއްވުން ހުއްޓަވާލައްވައި އިސްތިއުފާ ދެއްވުމަށް ގޮވާލަން - ކެޔޮޅު

Keyolhu
ސާއި ޢަލީ
2,300ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިނިސްޓަރ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ ޙުސައިން ރަޝީދު ޙަސަން, ޑްރާމާ ކުޅުއްވުން ހުއްޓަވާލައްވައި އިސްތިއުފާ ދެއްވުމަށް ގޮވާލައްވާ ކަމަށް މަޝްހޫރު ކެޔޮޅު އަދި މިހާރު ތިނަދޫ ޕަބްލިކް ވޯރކްސްގެ ސީނިއަރ އެކްޒެކްޓިވް ޑިރެކްޓަރ މުހައްމަދު ހަސަން  ވިދާޅުވެއްޖެއެވެ.

މުހައްމަދު ޙަސަން މިހެން ވިދާޅުވީ, މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތުމުގެ ސަބަބުން މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވަން ފިޝަރީޒް މިނިސްޓަރ މިހާރު ކޫއްޑޫއަށް ވަޑައިގެން އުޅުއްވާތީއެވެ. އެގޮތުން މުހައްމަދު ހަސަން ވިދާޅުވީ, މަގާމުގައި އެއް އަހަރު ވެގެން ދިޔައިރު މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލު ނުކޮށް މިނިސްޓަރ ކުރައްވަނީ ކޮންކަމެއްތޯއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ޓެގް ކުރައްވައި މުހައްމަދު ހަސަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން ބޭނުންވަނީ މޮޅުވާހަކަ ނުދައްކަވައި, ހައްލު ކަމުގައެވެ. އަދި އެކަމަކަށް ވަގުތެއް ނެތް ކަމަށެވެ.

300 × 250

https://huvadhoomedia.com/22789/

މުހައްމަދު ހަސަން މިހެން ވިދާޅުވެފައިވާއިރު, މިނިސްޓަރ މިއަދު ވަނީ, ރާއްޖޭގެ ދެކުނަށް މަސްކިރާގޮތް ބަލައި މަސްވެރިންގެ ޝަކުވާ އަޑުއެހުމަށް ކޫއްޑޫގައި ކަމަށްބުނެ, މަސްވެރިންނާއެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށް ޓުވީޓެއް ކޮށްފައެވެ.

ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެ ގިނަ އަދަދަކަށް މަސްކިރުމަށް ދޯނި އަންނަމުންދާތީ މިފްކޯއިން ވަނީ ކޮންމެ ދޯންޏަކުން 5 ޓަނު މަސް ނަގާގޮތަށް ހަދައި, މަސްގަތުން ކޮންޓްރޯލް ކޮށްފައެވެ.

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ފައިސަލް

    ކިތަންމެ މޮޅު ވެރިޔަކު އަޔަސް ބާނާ މަސްކޮޅު އުކަން ނުޖެހޭނެ ޒަމާނެއް ނާންނާނެ ކެޔޮޅާ!!! މަސްބާނާނެ ކަމަށް ހާހުން މުވައްޒަފުން އިތުރެއްވެސް ނުކުރެވޭނެ... ކެޕޭސިޓީ އެއްވެސް ނުގެނެވޭނެ... މަސްނުބާނާ އެބަދޭ ތިން ހަތަރުމަސްވެސް ބައެއްފަހަރު އެދުވަސްވަރު މީހުންގެ މުސާރަޔާ އެހެނިހެން ހަރަދު ބަލަހެއްޓޭނެ ގޮތެއްނޯންނާނެ!!!

  • ދަރި

    ގެ ގަނެވޭނެ ކޮއްކޯ!

ގުޅުންހުރި